ކ. މާލެ
|
1 މާރޗް 2023 | ބުދަ 17:26
ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ދެ ގަހެއް ނަގަން ވަނީ ނިންމާފަ --
ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ދެ ގަހެއް ނަގަން ވަނީ ނިންމާފަ --
ހުކުރު މިސްކިތް
ހުކުރު މިސްކިތުގައި ހުރި ގަސްތަކެއް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ
އެ ތަނުގައި ހުރި ބައެެއް މަހާނަ ގައުތައް މިހާރު ވަނީ ބިންދައިގެން ވެސް ގޮސްފައި

މާލޭ ހުކުރު މިސްކިތުގައި ހުރި މަހާނަ ގައުތަކަށް ގެއްލުންވާތީ އެ ތަނުގައި ހުރި ބައެއް ގަސްތައް ހުޅުމާލޭ ފޭސް 2 އަށް ބަދަލުކުރަން ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެޓިވް ޑިރެކްޓަރު، މުހައްމަދު ނާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހުކުރު މިސްކިތު ތެރޭގައި މެދުޒިޔާރާތް މަގަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން އެ ތަނުގައި ހުރި މަހާނަ ގައުތަކަށް ގެއްލުންވަމުންދާ ކަމަށެވެ. އެ ގޮތުން އެ ތަނުން އެއް ގައު މިހާރު ވެސް ބިންދައިގެން ގޮސްފައިވާ ކަމަށާއި އިތުރު ގަސްތަކަށް ވެސް އޭގެ ސަބަބުން ގެއްލުންވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހުކުރު މިސްކިތު ގޯތި ތެރޭގައި ހުރި ޒިޔާރާތްތަކުގެ ދަށަށް ގަހުގެ މޫތައް ފެތުރި އެ ތަންތަނަށް ވެސް ގެެއްލުންވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް، ބަންޑާރަ ކޮއްޓާ ދިމާލަށް ހުރި ފުނަ ގަސްތަކަކީ ވަރަށް ބިޔަ ގަސްތަކަކަށް ވާތީ އެ ގަސްތައް ނެގެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ ގަސްތަކުގެ ވެސް ޒިޔާރާތްތަކަށް އުނދަގޫވާ ގޮތަށް ހުރި ގޮފިތައް ކޮށާލަން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މެދުޒިޔާރާތްމަގާވީ ފަޅީގައި ހުރި ތިން ގަސް ބަދަލުކުރަން ނިންމައިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރ ޕާކަށް ކަމަށެވެ. އަދި މީގެ ކުރިން ވެސް ދެ ގަހެއް ސެންޓްރަލް ޕާކަށް ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ގަސްތައް ވެސް ވަރަށް ރީއްޗަށް ހެދެމުންދާ ކަމަށް ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނާ ގޮތުގައި މި ހަފްތާއަށް މި މަސައްކަތް ނިމޭނެއެވެ.

- ކޮމެންޓް