ކ. މާލެ
|
1 މާރޗް 2023 | ބުދަ 15:57
މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ދެ ބޯޓު
މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ދެ ބޯޓު
ރައީސް އޮފީސް
މޯލްޑިވިއަން
މޯލްޑިވިއަނުން ޓިކެޓުތަކުގެ އަގު ބޮޑުކޮށްފި
ކާޑެއްދޫއަށް 180 ރުފިޔާ އަދި އެހެން ޑޮމެސްޓިކް އެއަރޕޯޓުތަކަށް 70 ރުފިޔާ ވަނީ ބޮޑުކޮށްފައި

ގައުމީ އެއަރލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުންހުންތަކުގެ އަގު ބޮޑުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މާކެޓިންގ އެންޑް ޕީއާރް އެގްޒެކެޓިވް އަހުމަދު މުޝްއިލް ސޮބާހު "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، އަގުތައް ބޮޑުކުރަން ޖެހުނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއި ވިލާ އެއަރއިން އެއަރޕޯޓް ހޭންޑްލިންގ ޗާޖްތައް ބޮޑުކުރުމުން ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވިލާއިން ކާޑެއްދޫ އެއަރޕޯޓުގެ ޗާޖް ވަރަށް ބޮޑުތަން ބޮޑުކޮށްފައިވާކަމަށާއި، ރީޖަނަލް އެއަރޕޯޓްސްއިން ވެސް މި މާޗު މަހުން ފެށިގެން ބޮޑު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޝްއިލް ވިދާޅުވިގޮތުގައި ކާޑެއްދޫ އެއަރޕޯޓަށް އެ އެއަރލައިނުން ކުރާ ދަތުރުތަކުގައި ޓިކެޓުން ވަނީ 180 ރުފިޔާ ބޮޑުކޮށްފައެވެ. އަދި އެހެނިހެން ޑޮމެސްޓިކް އެއަރޕޯޓުތަކަށް ކުރާ ދަތުރުތަކުގެ ޓިކެޓުތަކުން ބޮޑު ކުރީ 70 ރުފިޔާއެވެ.

މޯލްޑިވިއަންއިން އަގުތަކަށް ގެނައި މި ބަދަލާއެކު ކާޑެއްދޫއިން މާލެއަށް މިހާރު ޓިކެޓެއްގެ އަގު ވަނީ 1،693 ރުފިޔާއަށް އުފުލިފައެވެ. މީގެ ކުރިން އަގު ހުރީ 1،513 ރުފިޔާގައެވެ.

މިދިޔަ އަހަރުވެސް މޯލްޑިވިއަނުން ވަނީ ޓިކެޓުތަކުގެ އަގު ބޮޑުކޮށްފައެވެ. އެ ކުންފުނިން އެފަހަރު ޓިކެޓް އަގު ބޮޑުކުރީ ފިޔުލް ސަރޗާޖް ބޮޑުވުމުގެ ސަބަބުންނެވެ.

މުޝްއިލް ވިދާޅުވިގޮތުގައި މިފަހަރުވެސް ޓިކެޓުގެ އަގުބޮޑުކުރިއިރު ވީހާވެސް ކުޑަ އަދަދެއް ކަނޑައެޅުމަށް ވިސްނާފައިވާނެއެވެ.

- ކޮމެންޓް
1 މާރޗް 2023 | ބުދަ 16:27
މުހުއްމާ
ރީޖަނަލް އެއާޕޯޓްސް އިން ހޭންޑްލިންގ ޗާޖް ބޮޑުކުރުމުން ރީޖަނަލް އެއާޕޯޓްސްއާ ނުބެހޭ އެއާޕޯޓުތަކަށް ކުރާ ދަތުރުގެ އަގުބޮޑުކުރީ ކީއްވެ؟ އައްޑޫ ގަން އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސް ހިންގާ ތަނެއްނޫން. އެކަމަކު ގަމަށް ކުރާ ދަތުރުތަކުގެ އަގުވެސް ބޮޑުކޮށްފަ. ކޮންމެވެސް ބަހަނާއެއް ދައްކާނެ ފުރުސަތު ލިބުމުން އެންމެން އަތުން އިތުރަށް ފައިސާ ނަގަން ނިންމީ.