ކ. މާލެ
|
1 މާރޗް 2023 | ބުދަ 14:46
އެމްއެންޔޫ ފަހި ސުފްރާގެ ތެރެއިން
އެމްއެންޔޫ ފަހި ސުފްރާގެ ތެރެއިން
އެމްއެންޔޫ
ފަހި ސުފުރާ
ގައުމީ ޔުނިވަރސިޓީގެ ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ" ހުޅުވައިފި
ފެސްޓިވަލްގައި 300އަށް ވުރެއް ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބިގެންދާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު "އެމް.އެން.ޔޫ ފަހި ސުފުރާ" ހުޅުވައިފިއެވެ.

މިފެސްޓިވަލް އިފްތިތާޙު ކޮށްދެއްވުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރެވެ.

ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 17 ފަރާތަކުން ވަނީ މި ފެސްޓިވަލުގައި ބައިވެރިވެފައެވެ.

މިފެސްޓިވަލް ކުރިއަށް ދާނީ 1ން 2 މާޗް އަށް ކޮންމެ ދުވަހަކު ހެނދުނު 10:00ން ރޭގަނޑު 10:00ށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

މި ފެސްޓިވަލްގައި 300ށް ވުރެއް ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބިގެންދާނެއެވެ. އެމް.އެން.ޔޫ ފަހި ސުފުރާ / އެމް.އެން.ޔޫ ފުޑް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލެވިފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ އެމް.އެން.ޔޫ ފަހި ސުފުރާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި ބާޒާރުގެ މަޤްޞަދެކެވެ.

ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުންގެ ސްޓޯލްތަކެއްވެސް މި ފެސްޓިވަލްގައި ހިމެނިގެން ދާނެ އެވެ. އަދި އޭގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ހަވީރު 4:00ން 6:00ށް މި ދެ ދުވަހުގައި ކުރިއަށްދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް