އިންޓަ ސްކޫލް 15 އަހަރުން ދަށިުގެ ފުޓުބޯޅަ މުބާރާތުގައި ހިރިޔާ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން ތާޖުއްދީން ސްކޫލް މޮޅުވެއްޖެ އެވެ.
ގްރޫޕް ސީ ގައި އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ތާޖުއްދީނުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ތާޖުއްދީނަށް ލީޑު ނަގައިދިނީ ލޫތު ބިން ސައުދު އެވެ. އޭގެ ފަހުން ލޫތު ވަނީ އިތުރު ލަނޑެއް ޖަހައި ތާޖުއްދީނަށް ލީޑު ފުޅާކޮށްދީފަ އެވެ. ތާޖުއްދީންގެ ތިން ވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ޖެހީ ލޫތު އިޒްއާން ބިން އަޙުމަދު އެވެ. އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ މުޙައްމަދު ޒަލޫފް ޒައީމް އެވެ.
މި ގްރޫޕްގައި ކުޅުނު ތިން މެޗުން ތާޖުއްދީނަށް ލިބެނީ ހަތް ޕޮއިންޓެވެ. އެއީ ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެގެންނެވެ.