ކ. މާލެ
|
1 މާރޗް 2023 | ބުދަ 07:43
ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އޭސީސީ ޗެލެންޖާސް ކަޕް
ބޫޓާން އަތުން ބަލިވެ ރާއްޖެއަށް ސެމީގެ ފުރުޞަތެއް ނުލިބުނު
ރާއްޖެ ދިޔައީ ގްރޫޕްގެ ފުލަށް

ކްރިކެޓްގައި ރާއްޖެ އާއްމުކޮށް ބަލިކުރާ ބޫޓާން އަތުން ބަލިވެ, އޭސީސީ ޗެލެންޖާސް ކަޕްގެ ސެމީފައިނަލްގެ ފުރުޞަތު ރާއްޖެއަށް ގެއްލިއްޖެއެވެ.

މެޗުން މޮޅުވެގެން ސެމީފައިނަލުން ފުރުޞަތު ލިބެން އޮތަސް، އަންގާރަ ދުވަހު މެލޭޝިޔާގައި ކުޅުނު މެޗުން ރާއްޖެ ބޫޓާން އަތުން ބަލިވީ ހަތަރު ވިކެޓުންނެވެ. ރާއްޖެއިން ފުރަތަމަ ކުޅެން އަރާ 42.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 105 ލަނޑެވެ. ބޫޓާނުން ވަނީ 28.1 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވިއިރު 106 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި ރާއްޖެ މޮޅުވީ ފުރަތަމަ މެޗުގައި އީރާނު އަތުންނެވެ. ބަހުރެއިންއާއި ބޫޓާން އަތުން ބަލިވީއެވެ. ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުވެސް ކާމިޔާބުކުރި ބަހުރެއިންއެވެ. ދެވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ރާއްޖެ އަތުން މޮޅުވި ބޫޓާނެވެ. ބޫޓާއާއި, ރާއްޖޭގެ އިތުރުން އިރާންވެސް މޮޅުވީ އެއް މެޗުންނެވެ. ތިން ޓީމްގެ ތަރުތީބު ކަނޑައެޅުނީ ނެޓް ރަން ރޭޓަށް ބަލައިގެންނެވެ. ރާއްޖެ ދިޔައީ ފުލަށެވެ.

މުބާރާތުގެ ފައިނަލުގައި ވާދަކުރާ ދެޓީމަށް އޭޝިޔަން ކަޕް ކޮލިފައިންގެ ދެވަނަ މަރުހަލާއިން ޖާގަ ލިބޭނެއެވެ.

- ކޮމެންޓް