ކ. މާލެ
|
1 މާރޗް 2023 | ބުދަ 07:24
ބޮލާ ޓިނޫބޫ
ބޮލާ ޓިނޫބޫ
ރޮއިޓާސް
ނައިޖީރިއާގެ ރިޔާސީ އިންތިޚާބު
ނައިޖީރިއާގެ ރިޔާސީ އިންތިޚާބުގައި ބޮލާ ޓިނޫބޫއަށް ބޮޑު ލީޑެއް
ޓިނޫބޫއަށް ގާތްގަނޑަކަށް 8.2 މިލިއަން ވޯޓު ލިބިވަޑައިގެންނެވި

ނައިޖީރިއާގެ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ބޮލާ ޓިނޫބޫއަށް ހަފްތާ ބަންދުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ލީޑެއް ލިބިވަޑައިގަންނަވާފައިވާ ކަމަށް 36 ސްޓޭޓާއި ފެޑެރަލް ވެރިރަށް އަބޫޖާގެ ވަގުތީ ނަތީޖާތަކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ވެރިކަމުން ވަކިވެވަޑައިގަންނަވާ ރައީސް މުހައްމަދު ބުހާރީގެ ވެރިކަންކުރާ އޯލް ޕްރޮގްރެސިވްސް ކޮންގްރެސް (އޭޕީސީ) ގެ ޓިނޫބޫއަށް ގާތްގަނޑަކަށް %35 ނުވަތަ 8.2 މިލިއަން ވޯޓު ލިބިވަޑައިގެންނެވިއިރު، ދެން ލިބިވަޑައިގަތީ މައި އިދިކޮޅު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ)ގެ އަތީކު އަބޫބަކުރު، %30 ހިއްސާ، ނުވަތަ 6.9 މިލިއަން ވޯޓެވެ.

ޒުވާނުންނާއި ތައުލީމީ ވޯޓަރުންގެ މެދުގައި މަގުބޫލު ބޭރު ފަރާތެއް ކަމަށްވާ ލޭބަރ ޕާޓީގެ ޕީޓާ އޮބީއަށް ލިބުނީ %26 ނުވަތަ ގާތްގަނޑަކަށް 6.1 މިލިއަން ވޯޓެވެ.

ނައިޖީރިއާގެ އިންތިޚާބީ ގާނޫނުގައި ބުނެފައިވަނީ ކެންޑިޑޭޓަކަށް ކާމިޔާބު ކުރެވޭނީ ހަމައެކަނި ވާދަވެރިންނަށް ވުރެ ގިނަ ވޯޓު ހޯދައިގެން ކަމަށާއި އެއީ 36 ސްޓޭޓާއި އަބޫޖާގެ މަދުވެގެން ދެބައިކުޅަ އެއްބައި ސްޓޭޓާއި އަބޫޖާގެ %25 ވޯޓު ލިބުމުން ކަމަށް ވާއިރު، އެކަން ޓިނޫބޫއަށް ކާމިޔާބު ކުރެއްވުނެވެ.

މިނިވަން ގައުމީ އިލެކްޝަންސް ކޮމިޝަން (އައިއެންއީސީ) އިން އައު ޓެކްނޮލޮޖީ ތައާރަފް ކުރުމުން ފަންނީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވި އުނި ޕްރޮސެސްއެއްގެ ނަތީޖާ ކަމަށް އިދިކޮޅު ޕާޓީތަކުން ދޮގުކޮށް، އަންގާރަ ދުވަހު ވަނީ އެ ކޮމިޝަނުގެ ޗެއާމަން މަހުމޫދު ޔަކުބޫ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

- ކޮމެންޓް