ކ. މާލެ
|
1 މާރޗް 2023 | ބުދަ 07:09
ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއެކު، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ބައްދަލު ކުރަނީ
ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއެކު، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ބައްދަލު ކުރަނީ
ޕީޕީއެމް
ރިޔާސީ އިންތިޚާބު
ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ސަލަފް ޖަމިއްޔާއާއެކު ކުރުމުން ޤާނޫނުގެ ހުދޫދުން ބޭރުވާ ޖަމިއްޔާތަކަށް ނަސޭހަތްތެރިވުމަށް ނަޒީރު ގޮވާލައްވައިފި
 
ސަލަފް އަކީ ކުރިއަށް ނުކުމެ ފާޅުގައި ސިޔާސީ މަސައްކަތްކުރަން ނުކެރުނު ބަޔަކު ފިލާތިބެ ސިޔާސީ މަސައްކަތްކުރަން ހެދި ޖަމާޢަތެއް

ދީނީ އިލްމުވެރިން ހިމެނޭ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ބައްދަލުކޮށްފިއެވެ.

ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސުންގެ ތެރެއިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމެވެ. ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އަދި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމާއި ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ނަޒީރު ވިދާޅުވީ އަބަދުވެސް ދެކިވަޑައިގެންނެވީ ސަލަފް އަކީ ކުރިއަށް ނުކުމެ ފާޅުގައި ސިޔާސީ މަސައްކަތްކުރަން ނުކެރުނު ބަޔަކު ފިލާތިބެ ސިޔާސީ މަސައްކަތްކުރަން ހެދި ޖަމާޢަތެއް ކަމަށެވެ. ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިންގެ ބައިވެރިވުމާއެކު މިފަދަ ކަންކަން ހިނގުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކާއެކު އިންތިޚާބުތަކާ ގުޅޭ މަޝްވަރާކޮށް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަންނަން ވާނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއް އުފައްދައިގެންކަން ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ އިސްލާމް ދީނުގެ ދަޢުވަތަށް ޚާލިސްވެ މަދަނީ ޖަމްޢިއްޔާ ހިންގަންވާނީ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ކަމަށެވެ.

މީގެއިތުރުން ޤާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމްއިއްޔާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓްރާރ މި ފަދަ ކަންކަމުގައި ނަސޭހަތް ދެއްވާ، އެކަން ހުއްޓުވަން ޖެހޭ ކަމަށާއި އެދިވަޑައިގަންނަވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ނުވަތަ ރަނގަޅު މަދަނީ މަސައްކަތެއްގެ ގޮތުގައި ދީނުގެ ދައުވަތު ކުރިއެރުވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ ޔާމީނަށެވެ. ނަމަވެސް މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ، ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.

ސަބަބަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކަށް ވާންޖެހުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!