ކ. މާލެ
|
1 މާރޗް 2023 | ބުދަ 07:39
ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ
ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ
ޓްވީޓަރ
ޕީއެސްޖީ
އަޝްރަފް ހަކީމީ އަށް ކުރެވޭ ރޭޕުގެ ތުހުމަތުތައް ތަޙުޤީގު ކުރަން ފަށައިފި
 
އުމުރުން 24 އަހަރުގެ އަންހެނަކު ވަނީ އާދިއްތަ ދުވަހު މައްސަލަ ހުށަހަޅައިފައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީ އަށް ކުރެވޭ ރޭޕުގެ ތުހުމަތުތައް ތަޙުޤީގު ކުރަން ފަށައިފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާގެ މައްޗަށް ކުރެވޭ ރޭޕުގެ ތުޙުމަތުތައް ފްރާންސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު އަންނަނީ ތަޙުޤީގު ކުރަމުންނެވެ. ފްރާންސްގެ ޕްރޮސެކިއުޓް އޮފީހާއި ހަވާލާދީ އެ ޤައުމުގެ ގިނަ މީޑިއާތަކުގައި މިހާރު އެ ވާާހަކަ ވަނީ ރިޕޯޓުކޮށްފަ އެވެ. ޙަކީމީގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ތަޙުޤީގު ކުރަމުން އަންނަނީ ނަންޓޭރް ޕްރޮސެކިއުޓު އޮފީހުން ކަމަށް ވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅިގެން މީޑިއާތަކުން ސުވާލު ކުރުމުން ޕްރޮސެކިއުޓުން ބުނީ، ކުރިއަށްދާ ތަޙުޤީގީ މައްސަލައަކާ ގުޅިގެން މިވަގުތު އެއްވެސް މައުލޫމާތެއް ފޯރުކޮށްދެވެން ނެތް ކަމަށެވެ. އެކަމާ ގުޅިގެން މިހާތަނަށް ޕީއެސްޖީން ވެސް އަދި ޙަކީމީ ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން އުމުރުން 24 އަހަރުގެ އަންހެނަކު ވަނީ އާދިއްތަ ދުވަހު މައްސަލަ ހުށަހަޅައިފަ އެވެ. މީޑިއާތަކުގައި ވާ ގޮތުން އެ އަންހެން މީހާ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހަޅާފައިނުވި ނަމަވެސް އެ އޮފީހުން ނިންމީ އެކަން ތަޙުޤީގު ކުރަން ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
25%
0%
25%
0%
ކޮމެންޓް