ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 10:08
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
އެފްއޭއެމް
ފޯ ނޭޝަންސް ކަޕް
ދަރުމަވަންތަ ބަލިކޮށް މަޖީދިއްޔާ ދެ ވަނަ އަށް
މަޖީދިއްޔާ އިން ދެ ވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ދަރުމަވަންތަ ބަލިކޮށް، މަޖީދިއްޔާ ސްކޫލް އިން ގްރޫޕްގެ ދެ ވަނަ ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މަޖީދިއްޔާ އިން ކާމިޔާބު ކުރީ 6-0 އިންނެވެ. މި ދެ ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުގައި ވެސް ބަލިވެފަ އެވެ. އެހެންކަމުން ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ކުރިއަށް އޮތް ބުރަށް ދަތުރުކުރުމަށް މި މެޗު ވެގެންދިޔައީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. މަޖީދިއްޔާ އިން ފަސޭހެ ކަމާއެކު މެޗު ކާމިޔާބު ކުރިއިރު، މެޗުގައި މޮޅު ކުޅުމެއް ދެއްކީ ޢަބްދުﷲ އާއިޝް އަލީ އެވެ. އޭނާ ވަނީ މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. އެއީ މެޗުގެ 29، 38، 42، 50، އަދި 59 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ. މެޗުގައި މަޖީދިއްޔާގެ އަނެއް ލަނޑު 57 ވަނަ މިނެޓުގައި ޖެހީ ތަޙްމީދު އަލީ ޝަފީޤު އެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މަޖީދިއްޔާ އިން ދެ ވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. މެޗު ބަލިވި ދަރުމަވަންތަ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

- ކޮމެންޓް