ކ. މާލެ
|
25 ފެބްރުއަރީ 2023 | ހޮނިހިރު 10:20
އދ.އަތޮޅުގެ ޗެމްޕިއަން މާމިގިލި ޓީމް
އދ.އަތޮޅުގެ ޗެމްޕިއަން މާމިގިލި ޓީމް
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖް
އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި
މިއަދުވެސް މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނެ

ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އއ.އަތޮޅުގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.އަތޮޅުގެ ޗެމްޕިއަންކަން މާމިގިލިން ހޯދައިފިއެވެ.

ބޮޑުފޮޅުދޫން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަތިވެރި ބަލިކޮށްގެންނެވެ. ބޮޑުފޮޅުދޫ ފައިނަލް މެޗު ކާމިޔާބުކުރީ 5-2 ނެވެ. އއ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީ ބޮޑުފޮޅުދޫގެ އަހުމަދު ރިއުޝާންއެވެ. އެންމެ ގިނަ ލަނޑުޖަހައިގެން ރަންބޫޓް ހޯދީ މަތިވެރީގެ ޒުވާން ކުޅުންތެރިޔާ އަލީ އަލްސަންއެވެ.

މާމިގިލިން ޗެމްޕިއަންކަން ހޯދީ ފުޓްބޯޅައިގައި މަޝްހޫރު މަހިބަދޫ ފައިނަލްގައި ބަލިކޮށްގެންނެވެ. ފައިނަލް މެޗު މާމިގިލިން ކާމިޔާބުކުރީ 3-2 ނެވެ. އދ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީ މަހިބަދޫގެ އަބުދުالله މިދުހަތުއެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދީ މާމިގިލީގެ ހިސާމް ސަލީމްއެވެ.

- ކޮމެންޓް