ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 16:43
ފޯ ނޭޝަންސް ކަޕްގައި އަފްޣާނިސްތާނާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން
ފޯ ނޭޝަންސް ކަޕްގައި އަފްޣާނިސްތާނާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ފޯ ނޭޝަންސް ކަޕް
މެލޭޝިޔާ ބަލިކޮށް އަފްޣާނިސްތާން ކުރިއަށް
ހުކުރު ދުވަހުގެ މެންދުރު ފަހު ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުން

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތިން ވަނަ މެޗުގައި އަފްޣާނިސްތާނުން މެލޭޝިޔާގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި ދެ ޓީމުން ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އަފްޣާނިސްތާނުން ސިންގަޕޫރުގެ މައްޗަށް ކުރި ހޯދި އިރު، މެލޭޝިޔާ އިން ވަނީ ރާއްޖެ ބަލިކޮށްފަ އެެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ހުކުރު ދުވަހުގެ މެންދުރު ފަހު ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ސެޓުގެ މެދަކާ ހަމައިން އަފްޣާނިސްތާނުން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އަފްޣާނިސްތާނުން އެ ލީޑު ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް، މެލޭޝިޔާ އިން ވަނީ ވަނީ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އެއާއެކު އަފްޣާނިސްތާނުން ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށްފަހު ކުޅެން ނިކުމެ އަފްޣާނިސްތާނުން ވަނީ އަނެއްކާ ވެސް ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އަފްޣާނިސްތާނުން ސެޓުގެ ގޭމް ޕޮއިންޓު ހޯދީ އެ ޓީމުގެ ރަސޫލްގެ ބާރު ހަމަލާއަކުންނެވެ. އަފްޣާނިސްތާނުން ފުރަތަމަ ސެޓު 25-22 އިން ނިންމާލީ މުބީންގެ ބާރު ސްޕައިކަކުންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ އަފްޣާނިސްތާނުންނެވެ. ސެޓުގެ ކުރީ ކޮޅު އެ ޓީމުން ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ސެޓާ އެއް ގޮތަށް އަފްޣާނިސްތާނުން ދެ ވަނަ ސެޓުގައި ވެސް ކުޅެމުން ދިޔައީ ލީޑު ހިފަހައްޓައިގެންނެވެ. އަފްގާނިސްތާނުން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-21 އިންނެވެ. ފުރަތަމަ ދެ ސެޓާއި ޚިލާފަށް ތިން ވަނަ ސެޓުގައި މެލޭޝިޔާ އިން ވަނީ ފުރަތަމަ ކޮޅުގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް އަފްޣާނިސްތާންގެ ރަސޫލްގެ ސާވިސްތައް ރިސީވް ކުރުމަށް އުނދަގޫވެ، އަމިއްލަ ގޯސްތަކެއް މެލޭޝިޔާ އަށް ހެދި، އަފްޣާނިސްތާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން މެލޭޝިޔާ އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އަފްޣާނިސްތާނުން ނެގި ޓައިމް އައުޓާއެކު އެ ޓީމުން ވަނީ ފަރަގު ދެ ޕޮއިންޓަށް ކުޑަ ވެސް ކޮށްފަ އެވެ. ނަމަވެސް އަފްޣާނިސްތާނަށް ހެދުނު އަމިއްލަ ގޯސްތަކެއްގެ ފައިދާއާއެކު މެލޭޝިޔާ އިން ވަނީ ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ. މެލޭޝިޔާ އިން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 19-25 އިންނެވެ. ހަތަރު ވަނަ ސެޓު ފަށައިގެން ދާދި ހަމަހަމަކޮށް ދިޔަ ނަމަވެސް، ސެޓުގެ މެދު ތެރެއިން އަފްޣާނިސްތާނުން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުން ވަނީ ފަހުން އެ ލީޑު ހިފަހައްޓައި ހަތް ޕޮޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ. އެ ލީޑުގައި ދެމި އޮވެ އަފްޣާނިސްތާނުން ސެޓު ކާމިޔާބު ކުރީ 25-19 އިންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި ދެން އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ އާއި ސިންގަޕޫރު ވާދަކުރާ މެޗެވެ.

- ކޮމެންޓް