Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 22:11
ހދ. ނޭކުރެންދޫގައި އެކްސިޑެންޓެއް ހިނގައިފި
ހދ. ނޭކުރެންދޫގައި އެކްސިޑެންޓެއް ހިނގައިފި
މުހައްމަދު ޝަރުހާން
އެކްސިޑެންޓެ
ހދ. ނޭކުރެންދޫގައި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓް ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8.30

ހދ. ނޭކުރެންދޫގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ކަމަށާއި އެކްސިޑެންޓުވެފައިވަނީ ބައިސްކަލަކާއި ސައިކަލެއްކަމަށެވެ.

އޮފިޝަލް ވިދާޅުވީ ސައިކަލުގައި ތިބީ ދެ ފިރިހެނުންކަމަށާއި، ބައިސްކަލު ދުއްވަން އިނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވިނަމަވެސް 3 މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.

އެކްސިޑެންޓުވި 3 މީހުންގެ ގައިގެ އެކިތަންތަން މަށައިގެންދިއުމުގެ ސަބަބުން ހދ. ނޭކުރެންދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ހޯދާފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ހދ. ނޭކުރެންދޫ ސިއްޙީ މަރުކަޒުން މި 3 މީހުން ދޫކޮށްފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވީއެވެ.

މި ހާދިސާ މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް