ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 19:00
އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)
އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)
ޓްވީޓަރ
ރިޔާސީ އިންތިޚާބު
އެމްޑީއޭގެ މިސްރާބު ހުރީ ކޯލިޝަނަކާ ދިމާލަށް!
ސިޔާމް ވަނީ ރައީސް ކަމަށް ވެސް ކުރިމަތިލެއްވުމަށް މީގެ ކުރިން ނިންމަވާފައި
އެމްޑީއޭއިން މަޝްވަރާކުރަމުންދަނީ ރައީސް ޞާލިހާއެކު ރިޔާސީ އިންތިޚާބުގައި ނިކުތުމަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ކޯލިޝަނަކާއެކު ނިކުންނަން ނިންމާފައިވާކަން "ރާއްޖެއެމްވީ" އަށް އެނގިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އިސްވެ ހުންނަވާ ހިންގާ ޕާޓީ، އެމްޑީއޭއިން މީގެ ކުރިން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ސިޔާމް ނިކުންނަވާ ގޮތަށެވެ.

އެހެންނަމަވެސް ބުދަ ދުވަހު ކުރިއަށްދިޔަ އެޕާޓީގެ ގައުމީ މަޖިލީހުގައި، ރައީސްކަމަށް ނިކުންނެވުމުގެ ނިންމުން ބަދަލުކުރައްވައި، ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބުގައި ނިކުންނެވުމަށް ވަނީ ނިންމަވާފައެވެ. އެޕާޓީންް ގެންގުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއްކަން މި ނޫހަށް ވަނީ އެނގިފައެވެ.

މި ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މެމްބަރުންގެ ޚިޔާލު ހޯދާފައިވެއެވެ. ބައެއް މެމްބަރުން ވަނީ މިކަމާ ދެކޮޅަށްވެސް ވާހަކަދައްކާފައެވެ. އެހެންނަމަވެސް އެ ޕާޓީން އަދި މިކަމުގައި ވަކި ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީއޭއިން ނިކުންނަށް ނިންމާފައިވާއިރު އެމްޑީއޭއިން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއެކު ކޯލިޝަން ހަދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް