ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 17:21
ޝަމީމާ ބޭގަމް
ޝަމީމާ ބޭގަމް
ވަޔަން
އިނގިރޭސި ސިޓިޒަންޝިޕް ނިގުޅައިގަތުން
އައިސިސްއާ ގުޅުމަށް ސީރިޔާއަށް ދިޔަ އިނގިރޭސި އަންހެނަކަށް އަނބުރައި ގައުމަށް ނުދެވޭނެކަމަށް ކޯޓުން ނިންމައިފި
ޝަމީމާ ސީރިޔާއަށް ގޮސްފައިވަނީ އުމުރުން 15 އަހަރުގައި، 2015 ވަނަ އަހަރު

އައިސިސް ޖަމާއަތާ ގުޅުމަށް ސީރިޔާއަށް ދިޔަ އިނގިރޭސި އަންހެނެއްކަމަށްވާ ޝަމީމާ ބޭގަމްގެ ކިބައިން ނިގުޅައިގެންފައިވާ އިނގިރޭސި ސިޓިޒަންޝިޕް ހޯދުމަށް އޭނާ ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

ޝަމީމާ ސީރިޔާއަށް ގޮސްފައިވަނީ އުމުރުން 15 އަހަރުގައި، 2015 ވަނަ އަހަރުއެވެ. އެއަށްފަހު އައިސިސް ހަނގުރާމަވެރިއަކާ ކައިވެނިކޮށް، ތިން ކުދިން ލިބުނެވެ. ނަމަވެސް ތިން ކުދިންވެސް ވަނީ މަރުވެފައެވެ.

ޚާއްސަ އިމިގްރޭޝަން އެޕީލްސް ކޮމިޝަންގެ ފަޑިޔާރު ޖަސްޓިސް ޖޭ ބުދަ ދުވަހު ވިދާޅުވެފައިވަނީ، ގައުމަށް ހުރި ސަލަމާތީ ނުރައްކަލަކަށް ވުމުން އޭނާގެ ކިބައިން އިނގިރޭސި ސިޓިޒަންޝިޕް ނިގުޅައިގަނެވިފައިވަނީ ރަނގަޅަށް ކަމަށެވެ. ފަނޑިޔާރު އިތުރަށް ނިންމަވާފައިވާގޮތުގައި އޭނާ އިނގިރޭސި ވިލާތަށް ދިއުންވެސް ވަނީ މަނާކުރެވިފައެވެ. ފަޑިޔާރު ޖޭ ވިދާޅުވީ އިނގިރޭސި ސިޓިޒަންޝިޕަކީ ހަމަ ކޮންމެ މީހަކަށް ލިބޭގޮތަށް އޮންނަ އެއްޗެއް ނޫން ކަމުގައެވެ.

ޝަމީމާ ބޭގަމްއަކީ އިނގިރޭސި ރައްޔިތެއް ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ 2019 ވަނަ އަހަރު، އޭރު ހުންނެވި ހޯމް ސެކްރެޓަރީ ސާޖިދް ޖާވީދުއެވެ. އޭރުވެސް ވަނީ އޭނަ އެނބުރި ގައުމަށް ދިއުންވެސް މަނާ ކޮށްފައެވެ.

ޝަމީމާ ބޭގަމް މިވަގުތު ހުރީ އުތުރު ސީރިޔާގައި ހަނގުރާމަވެރިންގެ ކޭމްޕެއްގައި ބަންދުވެފައި ކަމަށް ޚަބަރު ލިބެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް