ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 07:28
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
އަޙުމަދިއްޔާ ބަލިކޮށް މަޖީދިއްޔާ އަށް ފުރަތަމަ މޮޅު
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މަޖީދިއްޔާ އިން ކާމިޔާބު ކުރީ 5-0 އިން

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އަަޙުމަދިއްޔާ އިންޓަނޭޝަލް ސްކޫލް ބަލިކޮށް، މަޖީދިއްޔާ އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގްރޫޕް އޭ ގައި އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މަޖީދިއްޔާ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މަޖީދިއްޔާ އަށް ޖެހުނީ އެންމެ ލަނޑެކެވެ. ނަމަވެސް ދެ ވަނަ ހާފަށް ނުކުމެ އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަޙުމަދިއްޔާ ވަނީ މޮޅުވެފަ އެވެ. އެހެންކަމުން ފުރަތަމަ މެޗުގައި ބަލިވެފައި އޮތް މަޖީދިއްޔާ ބަލިކޮށްގެން އެ ޓީމަށް ޕޮއިންޓުގެ ގޮތުން ކަލާފާނު ސްކޫލާ އެއްވަރު ކުރުމުގެ ފުރުސަތު އޮތެވެ.

ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި މަޖީދިއްޔާ އަށް ލީޑު ނަގައިދިނީ އިސްމާއީލް ނާޒިލް ނަޒީފު އެވެ. ދެ ވަނަ ހާފުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޢަބްދުﷲ އާއިޝް އަލީ އެވެ. އޭގެ ތިން މިނެޓު ފަހުން އާއިޝް ވަނީ އިތުރު ލަނޑެއް ޖަގައި އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ 41 ވަނަ މިނެޓުގައި މަޖީދިއްޔާގެ ނާޒިލް ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މަޖީދިއްޔާގެ ފަހު ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ޖެހީ ޢަބްދުﷲ ޔަޝާމް އިބްރާހީމް އެވެ.

މިއީ މުބާރާތުގައި މަޖީދިއްޔާ އަށް ހޯދުނު ފުރަތަމަ މޮޅެވެ. އެއާކު ފައިދާ ގޯލުން ކުރި ހޯދައިގެން މަޖީދިއްޔާ އޮންނާނީ ދެ ވަނައިގަ އެވެ.

- ކޮމެންޓް