ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 07:26
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ދަރުމަވަންތަ ކޮޅަށް ނުވަ ލަނޑު ޖަހައި ކަލާފާނުން ދެ ވަނަ މޮޅު ހޯދައިފި
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ކަލާފާނުން ކާމިޔާބު ކުރީ 9-0 އިން

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ދަރުމަވަންތަ ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން ކަލާފާނު ސްކޫލް މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ކަލާފާނުން ކާމިޔާބު ކުރީ 9-0 އިންނެވެ. މިއީ ގްރޫޕް އޭ ގައި ކަލާފާނުން ހޯދި ދެ ވަނަ މޮޅެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މަޖީދިއްޔާ ސްކޫލްގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. ދަރުމަވަންތަގައި ފުރަތަމަ މެޗުގައި އަޙުމަދިއްޔާ އަތުން ބަލިވިއިރު، މިއީ ގްރޫޕްގައި އެ ޓީމުގެ ދެ ވަނަ ބައްޔެވެ.

މެޗުގައި ކަލާފާނަށް ފުރަތަމަ ލީޑު ނަގައިދިނީ ތިން ވަނަ މިނެޓުގައި އަޙުމަދު އަފްނާން އަލީ އެވެ. އޭގެ ދެ މިނެޓު ފަހުން އާކިފް ބިން މުޙައްމަދު ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ކަލާފާނުގެ ތިން ވަނަ ލަނޑު ޖެހީ އަލްސަން އަޙުމަދު ނަސީމް އެވެ. އޭނާ ވަނީ އިތުރު ލަނޑެއް ވެސް ޖަހައިފަ އެވެ. ކަލާފާނުގެ ފަސް ވަނަ ލަނޑާއި ހަ ވަނަ ލަނޑު ޖަހައި އާކިފް ވަނީ އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. އޭގެ ފަހުން އެ ޓީމުގެ އަފްނާން ވެސް ވަނީ އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ. ކަލާފާނުގެ ފަހު ލަނޑު ޖެހީ އަނާން އިބްރާހީމް އެވެ.

މެޗުން މޮޅުވެ ކަލާފާނު އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނައިގަ އެވެ.

- ކޮމެންޓް