ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 22:24
އެސްޓީއޯ ފާމަސީ
އެސްޓީއޯ ފާމަސީ
އެސްޓީއޯ
އެސްޓީއޯ ފާމަސީ
އުމްރާއަށް ދާ މީހުންނަށް ޖަހާ ވެކްސިން އެބަހުރި، މި ހަފުތާގައި އިތުރު ސްޓޮކެއް ލިބޭނެ: އެސްޓީއޯ
އުމްރާއަށް ދިއުމުގެ ކުރިން ޖަހަނީ މެނިންޖައިޓިސް ވެކްސިން
ބުރާސްފަތި ދުވަހު ވެކްސިންގެ އިތުރު ސްޓޮކެއް ލިބޭނެ

އުމްރާއަށް ފުރުމުގެ ކުރިން ޖަހާ "މެނިންޖައިޓިސް ވެކްސިން" ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯ މެޑިކަލް ސަރވިސަސްއިން ކުރި ޓްވީޓެއްގައި ބުނީ، މެނިންޖައިޓިސް ވެކްސިންގެ ސްޓޮކެއް ހޯމަ ދުވަހު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އިތުރު ސްޓޮކެއް ބުރާސްފަތި ދުވަހު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ހަކުރުބައްޔާއި ހިތުގެ ބަލިތަކަށް ދާއިމީކޮށް ބޭނުންކުރާ އާންމު ބޭސްތައްވެސް އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް