ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 18:24
އެއް އުންމަތެކޭ ކެމްޕޭންގައި ބެހެއްޓި ފަންޑު ފޮއްޓެއް --
އެއް އުންމަތެކޭ ކެމްޕޭންގައި ބެހެއްޓި ފަންޑު ފޮއްޓެއް --
"އެއް އުމައްމަތެކޭ" ކެމްޕޭން
"އެއް އުއްމަތެކޭ" ހަރަކާތުން ލިބުނު ފައިސާ އައިއޭސީއާ ހަވާލުކޮށްފި
ހުކުރު ދުވަހުގެ މެންދުރު 11:00 އިން ފެށިގެން 2:00 އާ ހަމައަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި

ސީރިއާ އާއި ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގި "އެއް އުއްމަތެކޭ" ކެމްޕޭންގެ ދަށުން ލިބުނު ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ހަވާލުކޮށްފިއެވެ.

މި ފަންޑްރެއިޒިން ހަރަކާތަކީ މިދިޔަ ހުކުރު ދުވަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެންނާއި އޮންލައިންކޮށް އެހީ ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއީ ރާއްޖޭގެ އިލްމުވެރިންނާއި ގިނަ އަދަދެއްގެ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ހުކުރު ދުވަހުގެ މެންދުރު 11:00 އިން ފެށިގެން 2:00 އާ ހަމައަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އެ ހުރިހާ ފައިސާއެއް އަމާނާތްތެރިކަމާއެކު މިހާރު އައިއޭސީއާ ހަވާލުކޮށްފައިވާނެ ކަމަށް އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި ސީރިއާ އަދި ތުރުކީއަށް އެހީވުމުގައި އައިއޭސީއަށް ފައިސާ ހަވާލު ކުރީ އެ ޖަމިއްޔާއަށް އިތުބާރު ކުރެވޭތީއެވެ.

މި ހަރަކާތް ހިންގި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ހަރަކާތަށް ލިބިގެންދިޔައެވެ. އެގޮތުން، ފަންޑު ފޮށިތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އޮންލައިންކޮށް ވެސް ފައިސާ ލިބިފައިވާކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ޖަމިއްޔާތަކުގެ ތެރޭގައި މަހަލްދީބު، ފަތިސް ލީގު، އައިއޯސީސީ، ހުޅުމާލެ ކޮޮމިއުނިޓީ އެލަޔަންސް، ވިލިނގިލި ޚިދުމަތް ޖަމިއްޔާ، އިލްމު އިންސްޓިޓިއުޓް، ޖަމިއްޔަތުލް ޤަލަމް، ނަސޭހަތް، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، ދަރުމަ ފައުންޑޭޝަން، ޒާތުލްޚައިރު، އެސްއެމްޑީ، މާސް ފޯ ސޮސައިޓީ، މާފަރު ޖަމިއްޔާ، ލެންޓަރން ފަދަ ޖަމިއްޔާތައް ހިމެނެއެވެ. އަދި ރަށްތަކުގެ އަމިއްލަ ޖަމިއްޔާތަކުން ވެސް މި ހަރަކާތަށް އެހީ ފޯރުކޮށްދީފައިވެއެވެ.

އައިއޭސީން ވަނީ އެ ޖަމިއްޔާއަށް ލިބޭ ހުރިހާ ފަންޑެއް އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މިހާރު ބޮޑަށް ރާވާފައިވަނީ ސީރިއާ އާއި ތުރުކީގައި ބިންހެލުމުގެ ސަބަބުން ފަގީރުވި އާއިލާތައް އާރާސްތު ކުރުމަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ކުރިއަށް އޮތީ ރޯދަމަސް ކަމަށާއި ރޯދަމަހު އަދި އިތުރަށް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި އެކަމުގައި ދިވެހިންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އައިއޭސީން ވަނީ ބުނެފައެވެ.

- ކޮމެންޓް