ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 18:35
ދިވެހިންގެ ބޮޑު އެއްވުމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން
ދިވެހިންގެ ބޮޑު އެއްވުމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން
ފަލަސްތީނާއެކު ދިވެހިން
ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް "ދިވެހިންގެ ބޮޑު އެއްވުން" މި ނަމުގައި އެއްވުމެއް
 
އައިއޭސީގެ ފަރާތުން މުހައްމަދު އަލީ ވިދާޅުވީ، ހުކުރު ދުވަހަކީ މުޅި އިސްލާމީ އުއްމަތަށް ޚާއްސަ ދުވަހެއް ކަމަށް

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް "ދިވެހިންގެ ބޮޑު އެއްވުން" މި ނަމުގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާ އެސޯސިއޭޝަނާއި އަދި އައިއޭސީ ގުޅިގެން "އަހަރެމެން ފަލަސްތީނުގެ ނަމުގައި" ގައުމީ ކެމްޕޭނެއް ވަނީ ފަށާފައެވެ. އެ ކެމްޕެއިންގެ ދަށުން ބާއްވާ ދިވެހިންގެ ބޮޑު އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އެ ހަރަކާތުގައި ވަރަށް ގިނަ މަދަނީ ޖަމިއްޔާތަކުން ބައިވެރިވެއެވެ. އެ ހިނގާލުމުގައި ބައިވެރިވާ ޖަމިއްޔާތަކުގެ ތެރޭގައި ކޭކް ޑޯނަރސް، އައިއޭސީ، އިސްރާ އެސޯސިއޭޝަން، މަހަލްދީބު ފައުންޑޭޝަން، ޖަމްއިއްޔަތުލް އަހްވާދު، މޯލްޑިވްސް ތުރުކިއާ ފައުންޑޭޝަން، ހެޔޮ ބިންގާފަދަ ޖަމިއްޔާތައް ހިމެނެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިއޭސީގެ ފަރާތުން މުހައްމަދު އަލީ ވިދާޅުވީ، ހުކުރު ދުވަހަކީ މުޅި އިސްލާމީ އުއްމަތަށް ޚާއްސަ ދުވަހެއް ކަމަށެވެ. އެއީ ޔަހޫދީން އެތަނަށް އަރައި އަނިޔާވެރިވަމުންދާތާ 75 ވަނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފަލަސްތީނުގައި ހިނގާ ކަންކަމާ ދެކޮޅަށް އިސްލާމީ އުންމަތެއްގެ ގޮތުގައި ތެދުވަންވީ ވަގުތަކީ މިއީކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހިނގާލުމުގައި ބައިވެރިވާ އެހެން ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތުން ވެސް ވަނީ، މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޢިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނބަލުން އެ އެއްވުމުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ. ދުލުންނާއި ގަލަމުންނާއި މާލީގޮތުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީވުން މުހިންމުކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ދިވެހިންގެ އެހީގައި ފަލަސްތީނުގެ 3،000 ރައްޔިތުންނަށް ކާއެއްޗެހި ފޯރުކޮށްދިނުމުގެ މަސައްކަތް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
0%
50%
ކޮމެންޓް
ގުޅުންހުރި
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް