ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 14:58
ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކިޔެވުންތައް ޖަޖުން ބައްލަވަނީ
ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކިޔެވުންތައް ޖަޖުން ބައްލަވަނީ
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތް: އޮޑިޝަނުން ހޮވާ 20 ބައިވެރިން ހޮވައިފި
 
މުބާރާތުގައި ވާދަކުރުމަށްޓަކައި ވަރަށް ޒުވާން ވަރަށް އުއްމީދީ ކުދިންތަކެއް ބައިވެރިވެފައިވޭ

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް، "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ހޮވާ 20 ބައިވެރިން ހޮވައިފިއެވެ.

މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 20 ފަރާތް ހޮވުމުގެ ކަންކަން ކުރިއަަށްދިޔައީ، މުބާރާތުގައި ކިޔެވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ކިޔެވުމަށް ޖަޖުން ބެއްލެވުމަށްފަހުގައެވެ. އަދި ފައިނަލް 20 ބައިވެރިން މިހަފްތާގައި އިއުލާންކުރާނެއެވެ.

މުބާރާތުގެ އޮޑިޝަންތައް ނިންމާލީ ޖުމުލަ 111 ބައިވެރިންނާއި އެކުގައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއި އެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން އެންމެ ފަހު އޮޑިޝަން ބާއްވާފައި ވަނީ މާލޭ ސިޓީގައެވެ. މާލެ ފިޔަވާ "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން ބާއްވާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.

20 ބައިވެރިން ހޮވާ ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ:

1. މުހައްމަދު ތައުފީގް

2. އިބްރާހިމް ޝިފާއު

3. އަބްދުލް ވާހިދު

4. މުހައްމަދު ވަހީދު

5. މޫސާ އަހުމަދު

6. ޝައިޚް ނަސްރުﷲ އަލީ

7. ޝައިޚް އިބްރާހިމް ރަޝީދު

މުބާރާތުގެ އޮޑިޝަނާއި ބައިވެރިން ހޮވުމުގެ މަސައްކަތާއި ގުޅޭ ގޮތުން ޝައިޚް ޝިފާއު ވިދާޅުވީ 6 ސަރަހައްދެއްގައި ބޭއްވި އޮޑިޝަންތަކުގައި ފަނޑިޔާރުން ގޮސްގެން މުބާރާތުގެ އޮޑިޝަންގެ ތެރެއިން ބައިވެރިން ހޮވާފައިވާ އިރު، މުބާރާތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ފަނޑިޔާރުންގެ ތެރެއިން ގިނަ ފަނޑިޔާރުން ހިމެނޭ ޕެނަލްއަކުން ކިޔެވުންތައް އެއްކޮށް އަޑުއަހާ ފުރޭނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި ފުރޭނުމުން އަޅުގަނޑުމެން ގެންދާނީ ފައިނަލް 20 ބައިވެރިން. މިގޮތަށް ބާއްވާ މުބާރާތުގައި ބައިވެރިވާ ދިވެހި ދަރިންނަކީ ހުނަރުވެރި ދަރިންތަކެކޭ ދެންނެވޭނީ. މިފަހަރުވެސް އެގޮތަށް އެކި ކަންކޮޅުތަކުން ހުނަރުވެރި ކުދިންތަކެއް އެބަހުރި ނެގިފައި. ބޮޑަށް މި ބަލަނީ ތަފާތު ހުނަރުތަކެއް ދެއްކޭނެ ގޮތަށް ކުރިއަށް ގެންދަން.
އިބްރާހިމް ޝިފާއު

ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ނަސްރު ވިދާޅުވީ ޖަޖުންގެ ޕެނަލްއަކުން މިހިސާބަށް އައިސް ބެލިބެލުމުން އެނގިގެންދަނީ ވަރަށް ބޮޑަށް ވާދަކުރެވޭނެ ކުދިންތަކެއް ތިބި ކަމެވެ. އެއާއެކު މާކްސް ދިނުމުގައި އިންސާފުވެރިކަމާއެކު މާކްސް ދެވިފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

މިހާރު ކުރިއަށް މިދަނީ 20 ކުދިން ހޮވުމުގެ މަސައްކަތް. އޮޑިޝަންގައި ހިމެނުނު ފަނޑިޔާރުންގެ ތެރެއިން ޕެނަލްއަކުން އެ މަސައްކަތް ކުރެވިގެން ދަނީ. މި މަސައްކަތުން ހޮވިގެންދާނި ފަންނުވެރި ކުދިންތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ޝައިޚް ނަސްރުﷲ އަލީ

ފަނޑިޔާރު ވަހީދު ވިދާޅުވި މުބާރާތަށް ކުދިން ނެގުމަށްޓަކައި އޮޑިޝަންތަކެއް ބާއްވައިގެން ވަރަށް ގިނަ ވަގުތު ހޭދަކުރެވިއްޖެ ކަމަށެވެ. ފާހަގަކުރެވުނީ މުބާރާތުގައި ވާދަކުރުމަށްޓަކައި ވަރަށް ޒުވާން ވަރަށް އުއްމީދީ ކުދިންތަކެއް ބައިވެރިވެފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި މުބާރާތުގައި ހަގީގަތުގައި ވަރަށް އުއްމީދީ ވަރަށް ފުރިހަމަ ކިޔެވުންތަކެއް ފެނިގެންދާނެކަމަށް. ވަރަށް ވާދަވެރިވާނެކަމަށް އުއްމީދުކުރަނީ. ވަރަށް ފަންނުވެރި ކިޔެވުންތަކެއް އަޑު އިވިއްޖެ. މުބާރާތް ވީހާވެސް ވާދަވެރިކުރުމަށްޓަކައި އޮޑިޝަންތަކެއް ބާއްވައިގެން އެއަށްފަހު އެއިން 20 ކުދިން ހޮވުމުގެ މަސައްކަތް މިކުރީ.
މުހައްމަދު ވަހީދު

ފަނޑިޔާރު މޫސާ ވިދާޅުވި މި އޮޑިޝަންތަކުގައި ފާހަގަކުރެވުނުކަމަކީ ތަހުގީގުގެ ބައި ފަނޑިޔާރުން އެންމެ ބޭނުންވާ ވަރަށް ހަގީގަތުގައި ދަރިވަރުންނަށް ސްކޯ ނުކުރެވި ހިނގައިދާނެ ކަމެވެ. އެހެންނަމަވެސް ވަރަށް ހުނަރުވެރި ދަރިވަރުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

ވަރަށް މޮޅެތި ވަރަށް ހުނަރުވެރި ދަރިވަރުންތަކެއް އެބަތިބި. 20 ބައިވެރިން ހޮވުމުގައި ބަލަނީ ތަހުގީގުގެ ބަޔަށް. މުޖައްވަދުކޮށް ކިޔެވުމުގެ ބަޔަށް.
މޫސާ އަހުމަދު

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ގާރީ އިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އޮޑިޝަންތަކުގައި ފަނޑިޔާރުކަން ކުރައްވާފައި ވަނީ އެކި ސަރަހައްދުތަކަށް ޤާރީ އިން ބަހާލައިގެން، ކޮންމެ ސަރަހައްދެއްގައި 3 ފަނޑުޔާރުންނެވެ. މުބާރާތުގައި ވާދަކުރުމަށް އޮޑިޝަން މަރުހަލާ އިން ހޮވާނީ ޖުމުލަ 20 ބައިވެރިންނެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކިޔެވުންތައް ޖަޖުން ބައްލަވަނީ - ރާއްޖެއެމްވީ

20 ބައިވެރިން ހޮވާފައިވަނީ އެންމެ މަތިން މާކްސް ލިބިފައިވާ ކުދިންގެ ވީޑިއޯ އޮޑިޝަންތައް ބެލުމަށް ފަހުގައެވެ. އޮޑިޝަންތަކުގެ ބައި ނިމުމަށްފަހު ވަކިވަރަކަށްވުރެ މަތިން މާކްސް ލިބޭ 30 ނުވަތަ 35 ބައިވެރިން ކަނޑައަޅާނެކަމަށް ރަންތާޖުގެ ޓީމުން ވަނީ ހާމަކޮށްފައެވެ. އެ ވީޑިއޯ އޮޑިޝަންތައް ބަލާފައިވަނީ 10 ފަނޑިޔާރުން ހިމެނޭ ޖަޖުންގެ ޕެނަލް އިންނެވެ.

މިހާރު ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން، "ރަންތާޖު" ޤުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނެ 3 ފަނޑިޔާރުންގެ ނަން ވެސް ދާދި އަވަހަށް އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކިޔެވުންތައް ޖަޖުން ބައްލަވަނީ - ރާއްޖެއެމްވީ

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
11%
11%
0%
22%
11%
44%
ކޮމެންޓް