ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 13:10
"ނޫރު-2" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ދިއުން --
"ނޫރު-2" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ދިއުން --
އެމްއެންޑީއެފް
ދޯންޏެއްގައި ރޯވުން
ދޯންޏެއްގައި ރޯވެ ހަތަރު މީހަކު ކަނޑުވެއްޖެ
ހަތަރު މީހުން ވެސް ވަނީ ސަލާމަތް ކޮށްފައި

ލ. މާވަށުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުން ދޯންޏެއްގައި އަލިފާން ރޯވެ، އެ ދޯނީގައި ތިބި ހަތަރު މީހަކު ކަނޑުވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބުނީ ހޯމަ ދުވަހުގެ ހެނދުނު 7:15 ހާއިރު ކަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން އެތަނަށް ދިޔަ ނަމަވެސް އެ ދޯނި އޭރު ވެސް ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ގޮސްފައިވަނީ "ނޫރު-2" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެ ދޯނިން ދަތުރުކުރި ހަތަރު ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ތިން ބިދޭސީންނެވެ. އެމްއެންޑީއެފުން އެ މީހުން ހޯދައި މިހާރު ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެން ނަމަވެސް އެ މީހުންގެ ހާލު އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އެ ދޯންޏަކީ ރ. އަތޮޅުން ގދ. އަތޮޅުގައި އޮންނަ ރޮބިންސަން އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ ދޯންޏެކެވެ. އެހެން ނަމަވެސް އެ ދޯނީގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް