Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2023 | އާދީއްތަ 19:32
އެންޑީއޭ
އެންޑީއޭ
ރާއްޖެއެމްވީ
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން
މަސްތުވާތަކެތީގެ ފަރުވާ ހޯދުން ފަސޭހަކުރުމަށް ގޮވާލާ ގަރާރެއް
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދޭ ބޭސް ހާއްސަ އުސޫލުތަކެއްގެ ލިބޭނެ މަގު ފަހިކޮށް ދޭން ޖެހޭ ކަމަށް ގަރާރުގައި ވޭ
އެފަދަ ފަރާތްތަކަށް ރަނގަޅު ކައުންސިލިންގެ ހިދުމަތް ދެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވޭ

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ހޯދުން ފަސޭހަކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އެ ގަރާރުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން މިހާރު ސަރުކާރުން އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން ފަރުވާ ނުލިބޭ އެތައް ބަޔަކު ތިބިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ފަރާތްތަކަށް ފަރުވާ ނުލިބި މުޖުތަމައުން ބާކީވެ އެ މީހުންގެ އާއިލާތައް ނިކަމެތިވެގެންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަން ހުއްޓުވާ، އެ މައްސަލަ އަށް ހައްލު ލިބޭ ގޮތަށް ނިޒާމެއް ތަންފީޒުކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

Advertisement

ހަސަން ލަތީވް ވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގާބިލުކަން ސަރުކާރުގެ ނެތް ކަމަށް ވެސް ވިދާޅުވެފައެވެ. ސަބަބަކީ ދިގު މުއްދަތަކަށް ފަރުވާ ދިނުމަށް މިހާރު ރާއްޖޭގައި ހުރި ދެ މަރުކަޒުގައި ވެސް، ފަރުވާދޭނެ މީހުން ނެތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ މަރުކަޒުތަކުގެ 50 ޕަސަންޓް ވެސް ފާއިތުވި އަހަރު ބޭނުންކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން އިތުބާރު ހުރި ފަރުވާ ދިނުމުގެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށާއި، ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއވެެ. ހަަމައެހެންމެ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދޭ ބޭސް ހާއްސަ އުސޫލުތަކެއްގެ ދަށުން ލިބޭނެ މަގު ފަހިކޮށްދީ، ރަނގަޅު ކައުންސިލިންގެ ހިދުމަތް ދެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް