ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 15:57
ލަންކާގެ އޮޓޯރިކްޝާތަކެއް
ލަންކާގެ އޮޓޯރިކްޝާތަކެއް
ގޫގުލް
ލަންކާ އޮޓޯރިކްޝާ
ލަންކާގައި އަންހެނުން އޮޓޯއަށް އެރުން މަނާކޮށްފި
ސްރީލަންކާގައި ގާތްގަނޑަކަށް 1.2 މިލިއަން އޮޓޯރިކްޝާތައް ދުއްވާ

ލަންކާގައި އަންހެނުން އޮޓޯރިކްޝާތަކަށް އެރުން މަނާކޮށްފިއެވެ.

ލަންކާގެ ކޮލަމްބޯގައި ހުންނަ ޔޫއެސް އެމްބަސީން ވަނީ ބުރާސްފަތި ދުވަހު އަންހެނުން އެކަނި އޮޓޯރިކްޝާތަކަށް ނޭރުމަށް އިލްތިމާސްކޮށްފައެވެ.

ކޮލަމްބޯގައި ހުންނަ ޔޫއެސް އެމްބަސީން ބުނީ އަންހެނުން އެކަނި އޮޓޯރިކްޝާތަކަށް އެރުން މަނާކޮށްފައިވަނީ ގިނަ އަދަދަކަށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް އެމްބަސީއަށް ހުށަހެޅިގެންދިޔުމާ ގުޅިގެން ކަމަށެވެ.

ޔޫއެސް އެމްބަސީގެ ފަރާތުން އެމީހުންގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އަންހެނުން ކުލަގަދަ އޮޓޯރިކްޝާތައް ހުއްޓުވުމަށް މަސައްކަތް ނުކުރުމަށާއި އޮޓޯ ޑްރައިވަރުން އަންހެންކުދިންގެ ގައިގަ އަތްލާކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން އެ އެމްބަސީއަށް ހުށަހަޅައިފައިވާކަމަށެވެ.

ޔޫއެސް އެމްބަސީން އިތުރަށް ބުނީ މިކަހަލަ ގިނަ ހާދިސާތައް ހިނގާފައިވަނީ ދަތުރު ނިމޭ ހިސާބުންކަމަށާއި އޮޓޯރިކްޝާތަކަށް އަންހެނުން އެރުމުގެ ކުރިން ޑްރައިވަރުގެ ފޮޓޯއާއި އޮޓޯގެ ރަޖިސްޓްރޭޝަން ނަންބަރު ފޮޓޯ ނެގުމަށްވެސް އިލްތިމާސްކުރާކަމަށެވެ.

ސްރީލަންކާގައި ގާތްގަނޑަކަށް 1.2 މިލިއަން އޮޓޯރިކްޝާތައް ދުއްވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް