ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސޯލިހު ވިދާޅުވި އެ ޕާޓީގެ ލީޑަރުކަމުގައި މިހާރު ވެސް ހުންނެވި ގާސިމް އިބްރާހިމް ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ އިރު، އެ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ކުރިމަތިލައްވާފައިވަ ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ މި މަގާމަށް އިންތިހާބުކުރާނީ 5 ބޭފުޅުން ކަމަށެވެ. އަދި މި ވަގުތާ ހަމައަށް ގިނަ ބޭފުޅުންތަކެއް މި މަގާމަށްކުރިމަތިލާފައިވާ ކަމަށެވެ.
މިހާތަނަށް ކުރިމަތިލައްވާފައިވަނީ؛
- ޖޭޕީގެ މިހާރުގެ ނައިބު ލީޑަރު، ކުރީގެ މިނިސްޓަރު އަމީން އިބްރާޙީމް
- ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ
- ޖޭޕީގެ ނައިބު ރައީސް އަހްމަދު ސައުދު
- ސްޓޭޓް މިނިސްޓަރ އަދި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ
- ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް
- ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް
- ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަހްމަދު
- ކުރީގެ މިނިސްޓަރު އަޒްލީން އަހްމަދު
- ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ)
- އިސްދޫ ދާއިރާގެ މެންބަރު ޢަލީ ހަމީދު
- ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު ސައިޚް މޫސާ ނިޒާރު
- ޔަޝްފާ އަބުދުލްޣަނީ
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ކޮންފަރެންސް މާރޗް މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.