ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 21:41
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ
ހޯމް މިނިސްޓްރީ
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުދިނުމުގެ ޖަލްސާ
ދައުލަތަށް މަސައްކަތްކުރުމުގެ މަރުހަލާއަށްފަހުވެސް ގައުމަށް ޚިދުމަތްކުރުމުގައި ދެމި ތިބެވޭނެ: ސްޓޭޓް މިނިސްޓަރ މާހިރު
 
ޖަލްސާއަކީ އެއްވެސް މީހަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޖަލްސާއެއް

ދައުލަތަށް މަސައްކަތް ކުރުމުގެ މަރުހަލާއަށްފަހު ވެސް ގައުމަށް ޚިދުމަތްކުރުމުގައި ދެމިތިބެވޭނެ ކަމަށް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުދިނުމުގެ ޖަލްސާގައި މާހިރު ވިދާޅުވީ، އައިޓަމް ކުރިއަށް ގެންދަވަން އޮތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ. އެހެންނަމަވެސް އެބޭފުޅާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާގައި ވާހަކަފުޅުދައްކަވަން ޖެހިވަޑައިގެންނެވީކަމަށެވެ. 

މިއީ އިނާމު ހައްގުވާ ފަރާތްތަކަށް އިނާމުދިނުމަށް ބާއްވާ ތިންވަނަ ޖަލްސާ ކަމަށްވެސް ވިދާޅުވިއެވެ.

މި ޖަލްސާއަކީ އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ޖަލްސާއެއްކަން ފާހަގަކުރައްވައި، ދައުލަތަށް ޚިދުމަތްކުރައްވާ ބޭފުޅުންގެ އަގު މިއަދު ސަރުކާރުން ވަޒަންކުރާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމީ ޚިދުމަތަކީ ނިމުމެއް ނެތް ޚިދުމަތެއްކަމަށާއި، ގައުމަށް ގިނަ ދުވަހު ޚިދުމަތްކުރުމުން އަދި ނުނިމޭ ކަމަށްވެސް ވިދާޅުވިއެވެ.

ގައުމަށް ޚިދުމަތް ކުރުމަކީ ހަމައެކަނި އޮފީހުގައި ނުވަތަ ސަރުކާރުގައި ޚިދުމަތް ކުރުން ނޫން ކަމަށާއި، އެ ނޫން ގޮތްގޮތަށްވެސް ޚިދުމަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، އިނާމު ލިބުނު މީހުންގެ އިލްމާއި ހިލްމާއި ލަފާ ޖީލުގައި ތިބި ޒުވާނުންނަށް ބޭނުންވާނެ ކަމަށެވެ.

ޚިދުމަތުގެ ޝަރަފުގެ ފިލަޔަކީ ރަމްޒީ ނިޝާނެއް ކަމަށާއި، އެއީ ޚިދުމަތުގެ އަގު ނޫންކަމަށްވެސް މާހިރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް