ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 14:57
ނެޝަލަން ކެންސަރ ކޮންޓްރޯލް ޕްލޭން އިފްތިތާހުކުރުން --
ނެޝަލަން ކެންސަރ ކޮންޓްރޯލް ޕްލޭން އިފްތިތާހުކުރުން --
ހެލްތު މިނިސްޓްރީ
ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026 ލޯންޗުކޮށްފި
 
މި ޕްލޭންއަކީ ބަަލި ކޮންޓްރޯލް ކުރުމަށް ކަނޑައަޅައިފައި ހުރި ކަންކަން ފަސް އަހަރުގެ މުއްދަތަކަށް އެކުލަވައިލެވިފައިވާ ޕްލޭނެއް

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ސިއްހީ ދުޅަހެޔޮކަމަށް ސަރުކާރުން މިހާރު ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ރޭވިފައިވާ މުހިންމު ކަންތައްތަކުގެ ތެރެއިން އެކުލަވައިލެވިފައިވާ ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022 - 2026 މިއަދު އިފްތިތާހުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރެވެ. މި ރަސްމިއްޔާތުގައި ކެންސަރަށް ފަރުވާދޭ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނާއި ކަމާބެހޭ އެންޖީއޯތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނޭޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭނަކީ މި ބަަލި ކޮންޓްރޯލް ކުރުމަށް ކަނޑައަޅައިފައި ހުރި ކަންކަން ފަސް އަހަރުގެ މުއްދަތަކަށް އެކުލަވައިލެވިފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވައިލެވިފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ ލަފައާއި އެހީތެރިކަމާއެކުގައެވެ. އަދި ރާއްޖޭގެ މިކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާއާ އެކުގައި ކަމަށް ހެލްތު މިނިސްްޓްރީން ބުނެއެވެ. އަދި މި ޕްލޭންގެ މަގުސަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަން ޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމާއި އެ ފަރުވާ ހޯދަން ދިމާވާ ގޮންޖެހުން ކުޑަކުރުމާއި މި ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓާ އާއި މަދަނީީ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯޑިނޭޝަންތައް ރަނގަޅުކުރުން ހިމެނޭކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކެންސަރު ޖެހޭ މިންވަރާއި ކެންސަރުގެ އާންމު ވައްތަރުތަކާއި އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ މައުލޫމާތު ގަވާއިދުން އެއްކޮށް، އެ ފަރާތްތަޖަށް ދޭން ޖެހެ ފަރުވާ އާއި އެހީތެރިކަން ރަނގަޅަށް ވިލަަރެސްކޮށް، ތަފާސް ހިސާބު އެއްކުރުމަށް ބޭނުންވާ ކެންސަރ ރަޖިސްޓްރީ ހަރުދަނާކުރުމަކީ ވެސް މި ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ޕްލޭންގެ މައިގަނޑު މަގުސަދުތައް ކަމަށް އެ މިނިސްޓްރީން ފާހަގަކުރަނީ ކެންސަރުން ރައްކާތެރިވުމަށް ސިއްހީ އާދަތަކަށް އަހުލުވެރިވުމާއި އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުމާއި އާއިލާތަކަށް ބާލީބުރައެއް އުފުލަން ނުޖެހި ކެންސަރުގެ ފަރުވާ ލިބުމާއި ކެންސަރު ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭޏުންވާ ޕެލިއޭޓިވް އަދި ސަޕޯޓިވް ކެއާގެ ކަވަރޭޖް ފުޅާކުރުމެވެ. މީގެ އިތުރުން ކެންސަރުގެ ގައުމީ ރަޖިްސްޓްރީ ގާއިމުކުރުމައި ދިރާސާތައް ކުރުން ހިމެނެއެވެ.

މި ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުން ގައިންގަޔަށް ނާރާ ބަލިތައް މިހާރު ހުރި މިންވަރު 2030ގެ ނިޔަލަށް 25 ޕަސެންޓު ދަށްކުރުމަށް ކަނޑައެޅިފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް