ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 08:20
އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމް
އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމް
އެސްޓީއޯ
އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމް
އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމް ފަށައިފި
މި ޕްރޮގްރާމްގައި އެސްޓީއޯއިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިކުރުވޭނެ
ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500 ރުފިޔާއާއި ހަމައަށް އެހީތެރިވެދޭނެ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ލިޓްލް ވަންޑަރސް ޕްރޮގްރާމް ފަށައިފިއެވެ.

މިއީ އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައި، އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ފެށިގެންދާ ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. އެސްޓީއޯއިން ގަސްތުކުރަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ.

އެސްޓީއޯ ލިޓްލް ވޮންޑާސް ޕޮރޮގްރާމްއަކީ އެ ކުންފުނީގެ މެނޭޖްމެންޓުން ނެންގެވި ހާއްސަ އިސްނެންގެވުމެކެވެ. ކުންފުނީގެ ފަރާތުން މި ޕްރޮގްރާމް ފައްޓަވައިދެއްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުއާއި، ޖެނެރަލް މެނޭޖަރ އޮފް ޕީޕަލްސް އޮޕޮރޭޝަންސް މަރިޔަމް ނުޒުލާއެވެ.

އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެއެވެ. މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލާ، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގައި އެސްޓީއޯއިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500 ރުފިޔާއާއި ހަމައަށް އެހީތެރިވެދޭނެއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެޖިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެޖިސްޓްރީވުމުގެ އިހްތިޔާރު ދޫކޮއްލުމެވެ. އެއީ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް ބާރުއެޅުމުގެ އަމާޒުގައެވެ.

- ކޮމެންޓް