ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 06:51
އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ރައީސް ޞާލިހު
އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ރައީސް ޞާލިހު
ރާއްޖެއެމްވީ
އެމްޑީީޕީގެ ރިޔާސީ ޓިކެޓް
އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުން ހުއްޓުވާ، އަލުން ޕްރައިމަރީ ބާއްވަން އެދި ކޯޓަށް
އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ޕޮލިސް ބޯޑުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހާމިދު އަބްދުލްޣަފޫރު
މި މައްސަލައިގައި ވަކާލާތުކުރައްވާނީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވީ ރައީސް ޞާލިހު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވާ ދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ބުދަ ދުވަހު އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ޕޮލިސް ބޯޑުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހާމިދު އަބްދުލް ޣަފޫރެވެ. މި މައްސަލައިގައި ވަކާލާތުކުރައްވާނީ ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދެވެ. ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅިއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހަވާލުކުރުން ހުއްޓުވައިދިނުމަށްޓަކައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ޕާޓީގެ ރިޔާސީ ޓިކެޓް ހުކުރު ދުވަހު ހަވާލުކުރައްވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

- ކޮމެންޓް
16 ފެބްރުއަރީ 2023 | ބުރާސްފަތި 23:29
ޢަޙުމަދު.
ކިތަންމެ ވަރަކަށްވެސް ޕްރަޢިމަރީބޭއްވިދާނެ. ޢެކަމަކު ނަޝީދު ޕްރައިމަރީން ހޮވޭނެ އެއްވެސް ގޮތެއްނެއް. ބަޔަކަށް މާ ހަރުދަނާ މީހަކަށްވިއަށް ރާއްޖޭގެ ރައްޔިތުން މިއަދު އެކަން ގަބޫލެއްނުކުރެ. ކޮންމެ ކަމެއްގަވެސް ގެންގުޅުއްވަނީ ގޮތްދޫނުކުރުން. ޝަރީއަތަށް ދިއުމުން އިތުރަށް ފަޞިހަތް ވުން ނޫން ކަމެއްނުވާނެ..