ކ. މާލެ
|
14 ފެބްރުއަރީ 2023 | އަންގާރަ 14:08
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ހެލްތު މިނިސްޓްރީ
މިދިޔަ މަހު 195 މީހަކަށް ޑެންގީހުން ޖެހުނު، އަރިދަފުސް ރޯގާ 29307 މީހަކަށް
 
މިދިޔަ އަހަރާ ބަލާއިރު އަރިދަފުސް ރޯގާ އާއި ޑެންގީ ވެސް ވަނީ މަދުވެފައި

މިދިޔަ ޖަނަވަރީ މަހު ޑެންގީހުން ޖެހިގެން 195 މީހަކު އަދި އަރިދަފުސް ރޯގާ ޖެހިގެން 29،307 މީހަކު ޑޮކްޓަރަށް ދައްކައިފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނައެވެ. އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު މި ޖަނަވަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ ދަށްވެފައެވެ. މިދިޔަ ޑިސެމްބަރު މަހު 205 މީހުންނަށް ޑެންގީ ޖެހުނުއިރު މި މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 195 މީހުންނެވެ. އެކަމަކު އެ އަދަދު ދަށްވި ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ފަދަ ބަލިތަކުން ރައްކާތެރިވާން ސަމާލުކަން ދިނުމަށް ހެލްތު މިނިސްޓްރީ އިލްތިމާސްކުރެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވިފައިވާ އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު އަރިދަފުސް ރޯގާ ޖެހިގެން ދެއްކި މިންވަރު ވެސް ވަނީ މަދުވެފައެވެ. އެ ގޮތުން މިދިޔަ ޑިސެމްބަރު މަހު 31334 މީހަކު އަރިދަަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު މި މަހު ރިޕޯޓް ކޮށްފައިވަނީ 29،307 މީހުންނެވެ.

އިންފްލުއެންޒާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހު 103 މީހަކު ޓެސްޓުކޮށް އެ ބައްޔަށް ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ހިނގާ ޖަނަވަރީ މަހު 115 މީހަކު ޓެސްޓުކޮށް 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ޑިސެމްބަރުގައި އިންފްލުއެންޒާއަށް ޓެސްޓުކުރި މީހުންގެ އަދަދު ގިނައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރު ޖަނަވަރީ މަހު ބޭރަށް ހިންގައިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ ގިނަވެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 3362 މީހުން އެ ބަލީގައި ޑޮކްޓަރަށް ދެއްކި އިރު މި އަހަރު ދައްކައިފައިވަނީ 3502 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް