Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 14:30
ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ނައިބްރައީސް ބައިވެރިވެވަޑައިގަންނަވަނީ
ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ނައިބްރައީސް ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ވޯލްޑް ގަވަރމަންޓް ސަމިޓް 2023
ނައިބްރައީސް ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެވަޑައިގެންފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ފިކުރުގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކަށްއެއްވާނެ
މިއަހަރުގެ ސަމިޓުގެ އެޖެންޑާގައި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމުގެ މައްޗަށް އަމާޒުކޮށް، މައިގަނޑު ހަ މައުޟޫއަކަށް އަލިއަޅުވާލާފައިވޭ
ސަރުކާރާއި އާ އީޖާދުތަކުގެ މެދުގައި އުފެދިފައިވާ ހަލަބޮލި ކަންކަމާ މެދު އެންމެން ގުޅިގެން އަދި އުފެއްދުންތެރިކަމާއެކު ވިސްނުމަށް ބާރުއަޅުއްވާނެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މަދީނާތު ޖުމެއިރާގައި މިހާރު ކުރިއަށްދާ 9 ވަނަ ވޯލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފިއެވެ. 

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓް ހޯސްޓް ކޮށްދެއްވާފައިވަނީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއިގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ.

"ޝޭޕިންގ ފިއުޗަރ ގަވަރމެންޓްސް" މި ޝިއާރުގެ ދަށުން ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ފިކުރުގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލު ބަދަލުކުރައްވައި، މުސްތަޤްބަލުގެ ސަރުކާރުތައް ބައްޓަންކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި ސިޔާސަތުތަކާއި، ޒަރޫރީ މޮޑެލްތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.

Advertisement

މިއަހަރުގެ ސަމިޓުގެ އެޖެންޑާގައި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމުގެ މައްޗަށް އަމާޒުކޮށް، މައިގަނޑު ހަ މައުޟޫއަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ތަރައްޤީއާއި ހިންގުން ހަލުވިކުރުމާއި، މުޖުތަމަޢުތަކާއި ޞިއްޙީ ޚިދުމަތުގެ މުސްތަޤްބަލް ދެނެގަތުމާއި، އިޤްތިޞާދީ ރެޒިލިއަންސް އެންޑް ކަނެކްޓިވިޓީ ހިންގުމާއި، ގްލޯބަލް ސިޓީ ޑިޒައިން އެންޑް ސަސްޓެއިނަބިލިޓީ ހިންގުމާއި، އުނގެނުމާއި މަސައްކަތަށް އިސްކަންދިނުން ހިމެނެއެވެ.

މި ސަމިޓަކީ، ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންތައްތަކާއި އެފަދަ ކަންކަމަށް އެންމެ އެކަށޭނަ އެންމެ ރަނގަޅު ޙައްލުތައް ދައްކާލައި ޚިޔާލުބަދަލުކުރުމަށް ޙާއްޞަ ޕްލެޓްފޯމެއް ލިބިގެންދާ ސަމިޓެކެވެ. އަދި މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕްރަވެޓް އަދި ޕަބްލިކް ސެކްޓަރގެ ލީޑަރުން ދުނިޔޭގައި ތަރައްޤީއާއި ތަނަވަސްކަން ކުރިއެރުވުމުގެ މަޤްޞަދުގައި، ސަރުކާރާއި އާ އީޖާދުތަކުގެ މެދުގައި އުފެދިފައިވާ ހަލަބޮލި ކަންކަމާ މެދު އެންމެން ގުޅިގެން އަދި އުފެއްދުންތެރިކަމާއެކު ވިސްނުމަށް ބާރުއަޅުއްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް