ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 14:01
މާލާ އަލީ ރާއްޖޭގައި --
މާލާ އަލީ ރާއްޖޭގައި --
މާލާގެ މައްސަލަ
މާލާގެ މައްސަލަ ބެލުން ކުރިއަށް، ދިވެއްސަކު ޝާމިލުވޭތޯ ބަލަނީ
 
މާލާ ދިވެހީންނަށް ފަރުވާދިނީ ހުއްދައާނުލައި
 
މާލާ ފަރުވާ ކުރި އެކަކު ވެސް ރަނގަޅެއް ނުވޭ
 
މާލާ ވަނީ ސައުދީ އަަރަބިއްޔާއިން ވެސް ޑީޕޯޓްކޮށްލާފައި

އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން ރަނގަޅުކޮށްދޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަައިފައިވާ އިރާގުގެ މާލާ އަލީ ރާއްޖޭގެ ބައެއް މީހުންނަށް، ހުއްދައާ ނުލައި ފަރުވާދިން މައްސަލައިގެ ތަހުގީގު އެބަ ކުރިއަށް ދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާލާ ރާއްޖެ އައިސް ބައެއް ދިވެހީންނަށް ފަރުވާދިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާރު ބަލަމުންދަނީ އޭނާ ރާއްޖެ އައިސް މީހުންނަށް ފަރުވާދިނުމުގެ ކަންތަކުގައި ދިވެއްސަކު ޝާމިލުވެފައިވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީން މިހާތަނަށް އެއްކުރި މައުލޫމާތުތަކަށް ބަލާއިރު އޭނާ ފައިސާ ނަގައިގެން އެ ކަން ކޮށްފައިވާކަން އެނގިފައިނުވާ ކަމަށް ބުނެއެވެ.

މާލާ ރާއްޖޭގައި ފަރުވާ ދިނީ ކިހާ މީހުންނަކަށް ކަމެއް ވެސް ނޭނގެއެވެ. އޭގެ ތެރެއިން މިނިސްޓްރީއަށް ވެސް ވާހަކަ ދެއްކިފައިވަނީ ބައެއް މީހުންނާއެވެ. މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި އޭނާ ރާއްޖެ އައީ ބަންގްލަދޭޝް މީހަކާ އެކުއެވެ. ނަމަވެސް އޭނާ މިހާރު ރާއްޖޭގައި ހުރިކަމެއްް ނުވަތަ ނޫންކަމެއް ވެސް ނޭނގޭ އިރު، މި ކަމުގައި ދިވެއްސަކު ޝާމިލުވާކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ.

މާލާގެ މައްސަލަ ސަމާލުކަމަށް އައީ އޭނާ ދިވެހީންނަށް ފަރުވާދޭ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އާންމުވުމުންނެވެ. އެ ވީޑީއޯތައް އާންމުވުމާއެކު ގިނަ ދީނީ އިލްމުވެރިންވަނީ އޭނާއަކީ އޮޅުވައިލައިގެން އުޅޭ މީހެއް ކަމަށާއި އޭނާއަށް ސަމާލުވުމަށް އެދިފައެވެ. މާލާ ފަރުވާދިން ރާއްޖޭގެ އެކަކު ވެސް ރަނގަޅުވެފައި ނުވާކަމަށް އެނގިފައި ވެއެވެ.

މީގެ ކުރިން މާލާ ވަނީ ސައުދީ އަރަބިއްޔާއިން ވެސް ޑީޕޯޓްކޮށްލާފައެވެ. އޭނާ ސައުދީން ޑީޕޯޓްކުރި ސަބަބެއް ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވަނީ މަކަަރުހަދައި، އޮޅުވައިލައި ހީލަތްހެދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް