ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 12:37
ސޭންޑީޒް ބަތަލާ މޯލްޑިވްސް
ސޭންޑީޒް ބަތަލާ މޯލްޑިވްސް
ސެންޑީޒް ބަތަލާ މޯލްޑިވްސް
ރިސޯޓު ތަރައްޤީ ކުރުން
ރިސޯޓެއް ހެދުމަށް ރަށާއި ބިން ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭގޮތް ހަދައިފި
 
ޤަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާ ވަނީ އުވާލާފައި

ރިސޯޓެއް ހެދުމަށް ރަށާއި ބިން ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭގޮތް ހަދައިފިއެވެ.

އެގޮތަށް ހަދާފައިވަނީ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ ދަށުންނެވެ. އެ އިސްލާޙުގެ ދަށުން ވަނީ ޤަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާ އުވާލާފައެވެ. އެއީ ހިއްސާ ބަދަލު ކުރުމާއި، ހިއްސާގެ ބަދަލު ރަޖިސްޓްރީ ކުރުމަށްފަހު، އެކަން އެންގުމާ ގުޅޭ މާއްދާތަކެވެ.

އެ ޤަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޓޫރިސްޓު ރިސޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ، އެކަމަށްޓަކައި މިނިސްޓްރީގެ ހުއްދަ ލިއުމަކުން ހޯދަންޖެހޭނެ ކަމަށެވެ.

އެގޮތުގެ މަތިން ހިއްސާ ބަދަލުކުރަން އެދި ހުށައަޅަން ވާނީ ކުންފުނިން ފާސްކޮށްފައިވާ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ރިސޮލިއުޝަނަކާއެކުކަމަށްވެސް އެ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

އަދި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ހިއްސާ ބަދަލު ކުރުމަށްފަހު އެ ބަދަލު ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށް، އެކަމާބެހޭ ލިއުންތައް 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅަންވާނެ ކަމަށެވެ.

އެހެންނަމަވެސް އާދިއްތަ ދުވަހު އަމަލުކުރަން ފެށި އިސްލާޙާއެކު އެ މާއްދާތައް މިވަނީ އުވިގެން ގޮސްފައެވެ.

މި ޤަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޓޫރިސްޓު ރިސޯޓުތައް ސަބްލީސް ކުރުމާއި، ރިސޯޓުގެ މެނޭޖްމަންޓް އެގްރީމަންޓު ކުރުމާއި، ލީސް ޓްރާންސްފަރ ކުރުމާއި، މޯގޭޖް ކުރުމާއި، ހިއްސާ ބަދަލުކުރުން ފަދަ ކަންކަމާ ގުޅޭ ޤަވާއިދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ބޮޑު ބަދަލަކާއެކު ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
ރަމަޟާން މަހުގެ 20ން 30ށް އިކޮނޮމިކް މިނިސްޓްރީން ޢާއްމުންނާ ވިޔަފާރިތަކަށް ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފި
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
ކެއިން ބުއިމާއި މުދާ ވިއްކާ ތަންތަން ރޯދަ މަހާއި ހަ ރޯދަތެރޭގައި ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި
ރާއްޖޭގެ އިގްތިޞާދާ މެދު އިތުބާރު ހޯދަން މަސައްކަތްކުރާއިރު ހަގީގަތާއި ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަންނަނީ ކުރިން ލަފާކުރި ވަރަށްވުރެ ބާރަށް ރަނގަޅުވަމުން: މިނިސްޓަރު ސައީދު
ފެނިގެންދަނީ ސިޔާސީ ބޭނުމަކަށް ފަތުރުވެރިކަން ނުރައްކަލަށް ވައްޓާލަމުންދާތަން: އަމީރު