ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 07:28
މޫލީ
މޫލީ
އުރީދޫ
އުރީދޫ ޕްރޮމޯޝަން
މޫލީ އިން "ސްވީޓް ސަޕްރައިޒް" ގެ ނަމުގައި ހަދިޔާ ފޮނުވުމުގެ ޕްރޮމޯޝަނެއް
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 ގެ ނިޔަލަށް

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް "ސްވީޓް ސަޕްރައިޒް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައިތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލެވޭނެއެވެ. މޫލީ މެދުވެރުކޮށް މި ހަދިޔާތައް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ފޮނުވާލެވޭނެއެވެ.

މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑުތަކާއި، ކެކްޓަސްގެ މާ ބުކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެއެވެ.

ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް މޫލީ www.moolee.mv އަށް ޒިޔާރަތްކުރުމަށްފަހު ޝޮޕް ހިޔާރުކޮށް، SWEET SURPRISE ނުވަތަ ބޭނުންވާ ކެޓެގަރީއެއް ހިޔާރުކޮށް ބޭނުންވާ އައިޓަމް ހިޔާރުކުރުމަށްފަހު ADD TO CART އަށް ފިތާލުމުން އެ ހަދިޔާއެއް ކާޓަށް ލެވޭނެއެވެ.

އަދި ކާޓަށް ގޮސް ޗެކްއައުޓް ކުރުމަށްފަހު ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖެހުމަށްފަހު ފައިސާ ދައްކައި އެ ހަދިޔާ ގަނެލެވޭނެއެވެ.

މޫލީގެ "ސްވީޓް ސަޕްރައިޒް" ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 ގެ ނިޔަލަށެވެ.

- ކޮމެންޓް