ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 21:59
ޑިންގީގައި ތިބި މީހުން ސަލާމަތްކުރަނީ
ޑިންގީގައި ތިބި މީހުން ސަލާމަތްކުރަނީ
އެމްއެންޑީއެފް
ޑިންގީއެއް އޮޔާ ދަނިކޮށް ސަލާމަތްކުރުން
ފިރިހެނަކާއި ކުޑަކުއްޖަކު ތިބި ޑިންގީއެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތަރޑް ސްކޮޑްރަންއަށް ލިބުނީ ހޮނިހިރު ދުވަހުގެ މެންދުރު 12:50 ހާއިރު
މި ޑީންގީގައި ދަތުރުކުރި ފިރިހެންމީހާއާއި ކުއްޖާގެ ހާލު ރަނގަޅު

ލ. ގަމު ހުޅަނގު ފަރާތަށް މަސްވެރިކަމަށް ނުކުމެ އުޅުނު ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އޮޔާދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތަރޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތަރޑް ސްކޮޑްރަންއަށް ލިބުނީ ހޮނިހިރު ދުވަހުގެ މެންދުރު 12:50 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތަރޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ޑިންގީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ފިރިހެނަކާއި ކުޑަކުއްޖަކު ތިބި މި ޑިންގީ ވަނީ ލ. ގަމު މުކުރިމަގު އަވަށު ބަނދަރަށް ވައްދާފައެވެ.

މި ޑީންގީގައި ދަތުރުކުރި ފިރިހެންމީހާއާއި ކުޑަކުއްޖާގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް