ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 10:18
ތުރުކީ-ސީރިޔާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 23،000ން މައްޗަށް
ތުރުކީ-ސީރިޔާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 23،000ން މައްޗަށް
ރޮއިޓާސް
ތުރުކީ-ސީރިޔާ ހަނގުރާމަ
ތުރުކީ-ސީރިޔާއަށް އައި ބިންހެލުމުގައި އެހީ ފޯރުކޮށްދިނުމަށް ކުޅިވަރުގެ ދުނިޔެއިންވެސް ފަށައިފި
 
އައިއޯސީން ވަނީ މިހާދިސާއިން ގެއްލުންލިބުނު މީހުންނަށް އެހީވުމަށް އެއް މިލިއަން ޑޮލަރު ހޯދުމަށް އެމަޖެންސީ ފަންޑެއް ހުޅުވާފައި
 
ޔޫއެފާއިން ވަނީ އެ އެސޯސިއޭޝަންގެ ފައުންޑޭޝަން ފޮރ ޗިލްޑްރެން މެދުވެރުކޮށް 214،000 ޑޮލަރު އިންސާނީ އެހީގެ ގޮތުގައި ވަގުތުން ޑޮނޭޓްކުރަން ނިންމާފައި
 
ޕްރިމިއަރ ލީގުން ވަނީ 1.2 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ފޯރުކޮށްދޭން ނިންމާފައި

ތުރުކީ-ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުޅިވަރުގެ ދުނިޔެއިންވެސް ފަށައިފިއެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ޔޫއެފާއިން ވަނީ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ތުރުކީ އަދި ސީރިޔާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.

އެގޮތުން އައިއޯސީން ވަނީ މިހާދިސާއިން ގެއްލުންލިބުނު މީހުންނަށް އެހީވުމަށް އެއް މިލިއަން ޑޮލަރު ހޯދުމަށް އިމަޖެންސީ ފަންޑެއް ހުޅުވާފައެވެ.

ޔޫއެފާއިން ވަނީ އެ އެސޯސިއޭޝަންގެ ފައުންޑޭޝަން ފޮރ ޗިލްޑްރެން މެދުވެރުކޮށް 214،000 ޑޮލަރު އިންސާނީ އެހީގެ ގޮތުގައި ވަގުތުން ޑޮނޭޓްކުރަން ނިންމާފައެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުން ވަނީ 1.2 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ފޯރުކޮށްދޭން ނިންމާފައެވެ. ޕްރިމިއަރ ލީގުގައި މިހަފުތާ ބަންދު ކުޅެވޭ މެޗުތަކުގައި ޓީމްތަކުގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން ކަޅު ކުލައިގެ އަރމް ބޭންޑްވެސް އަޅަން ނިންމާފައެވެ.

މީގެ އިތުރުންވެސް ކުޅިވަރުގެ އެހެނިހެން އިދާރާތަކުންވެސް ވަނީ ތުރުކީ އަދި ސީރިޔާއަށް އެހީ ފޯރުކޮށްދޭން ނިންމާފައެވެ.

ފެބްރުއަރީ ހަ ވަނަ ދުވަހު ތުރުކީ އަދި ސީރިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 23،700ން މައްޗަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް