Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 08:20
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރުސީ
އިންޑިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓަން އެމްއެމްޕީއާރުސީން ސާޓޭގައި ބައިވެރިވެއްޖެ
ސާއްޓޭ ފެއާއަކީ އިންޑިއާގެ ދިއްލީގައި މި މަހުގެ 9 އިން 11 އަށް ކުރިއަށްދާ ފެއާއެއް

އިންޑިއާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ބާއްވާ ޕްރިމިއަރ ބިޒްނަސް ޓު ބިޒްނަސް ފަތުރުވެރިކަމާބެހޭ އެއް ހަރަކާތް، ކަމަށްވާ ސާޓޭ 2023ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ދިއްލީގައި މި މަހުގެ 9 އިން 11 އަށް ކުރިއަށްދާ މި ފެއާގައި އެމްއެމްޕީއާރުސީން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކޮށް، ރާއްޖެއަކީ އިންޑިއާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ ޝޯޓް-ހޯލްޑް މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރާނެއެވެ.

ސާޓޭއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ލީޑަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުކޮށް، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ފުރުސަތު ހޯދައިދޭ ޕްލެޓްފޯމެކެވެ. މި ހަރަކާތުގައި އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކުން އެގްޒަބިޓަރުން އަދި ވިޒިޓަރުންގެ ގޮތުގައި ބައިވެރިވާނެއެވެ. މިއީ ދެކުނު އޭޝިއާގައި ވެސް ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.

އެމްއެމްޕީއާރުސީއާއެކު މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލު ކުރާ 81 މަންދޫބުން ބައިވެރިވެއެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި ސާޓޭ 2023ގެ ސަބަބުން އިންޑިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހެއްޓިގެން ދާނެއެވެ. އަދި މި ހރަކާތުގެ ތެރެއިން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު އިންޑިއާ އަދި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

Advertisement

ސާޓޭގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ރާއްޖެއާ ގުޅޭ ޕްރެޒެންޓޭޝަން ދިނުމާއި ޓްރެވަލް ޓްރޭޑްގެ މުހިންމު ޕްރޮފެޝަނަލުންނާއި އެހެނިގެން ބައިވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދިއުމުގެ އިތުރުން އިންފްލުއެންސަރުންގެ ތަޖުރިބާތައް ހިއްސާކުރާނެއެވެ. މި މައުލޫމާތުތައް ހިއްސާކުރުން ކުރިއަށްގެންދަނީ ރާއްޖެއަށް އަންނަ ވިޔަފާރި ދަތުރުވެރިންނަށް އެ ފަރާތްތަކުގެ މައިސް ހަރަކާތްތައް ބޭއްބޭނެ ތަފާތު ގޮތްތައް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ސަރަހައްދެއްގައެވެ.

ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތެއް ނަގަން ނިންމާފައިވާއިރު ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި އިނާމު ސްޕޮންސަރ ކުރީ އަދާރަން ކްލަން އަދި ސީސައިޑް ފިނޮޅު ބާ އެޓޯލް މޯލްޑިވްސް އިންނެވެ.

މީގެ އިތުރުން ސާޓޭގެ ހަވާސާގައި ބާއްވާ ސާޓޭ އެވޯޑްސްގެ ދެ ކެޓަގަރީއަކުން ރާއްޖެ ވަނީ ނޮމިނޭޓުވެސް ވެފައެވެ. އެގޮތުން ރާއްޖެ "ސަސްޓެއިނަބަލް އިންޓަނޭޝަނަލް ޑެސްޓިނޭޝަން އޮފް ދަ އިޔަރ" އަށް ނޮމިނޭޓް ވެފައިވާއިރު އެމްއެމްޕީއާރުސީ ވަނީ "ބެސްޓް އިންޓަނޭޝަނަލް ޓޫރިޒަމް" ގެ ކެޓަގަރީން ނޮމިނޭޓްވެފައެވެ.

އިންޑިއާއަކީ ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޤައުމުން ރާއްޖެއަށް 241،369 ފަތުރުވެެރިން ޒިޔާރަތްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް