ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 22:45
ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު
ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު
ރާއްޖެއެމްވީ
ރާއްޖޭގައި ކެންސަރު ބަލީގެ ހާލަތު
ރާއްޖޭގައި ގިނައީ ވާރުތަ ނުކުރާ ވައްތަރުގެ ކެންސަރު: ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު
 
އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެވޭ ގޮތުގެ ސަބަބުން ކެންސަރު ބައްޔަށް މަގުފަހިވެގެންދާ ދިޔުން

ރާއްޖޭގައި ބޮޑަށް ފާހަގަކުރެވެނީ ވާރުތަ ނުކުރާ ވައްތަރުގެ ކެންސަރުކަމަށް, ކޮންސަލްޓެންޓް އިން ކްލިނިކަލް އޮންކޮލޮޖީ ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖޭގައި ކެންސަރު ބަލީގެ ހާލަތާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ މުހައްމަދު އަމްރު ވިދާޅުވީ ކެންސަރު ބަލީގެ ބައެއް ބަލި މީހުންގެ ޖެނެޓިކްސް ޓެސްޓް ހަދާކަމަށެވެ. އެގޮތުން ހަދާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ޖެނެޓިކްސްއާ ގުޅުމެއްނެތި ބަލި ޖެހިފައި ހުންނަ ހުރުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެވޭ ގޮތުގެ ސަބަބުން ކެންސަރު ބައްޔަށް މަގުފަހިވެގެންދާ ދިޔުންކަމަށެވެ. އެގޮތުން ގިނައިން ތެޔޮ އެއްޗެހި ބޭނުންކުރުމާއި، ކަސްރަތުކުރުން ފަދަ ކަންކަމާއި ދުރުވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ކެންސަރަށް މަގުފަހިވެގެންދާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އެކްޓިވް ލައިފް ސްޓައިލެއް ގެންގުޅުން މުހިންމުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ގަވާއިދުން ސްކްރީންކުރަމުން ދިޔުން މުހިންމު ކަމަށާއި، އުމުރުން 40 އަހަރުން މަތީގެ މީހުން މިކަމަށް އިސްކަންދިނުން މުހިންމު ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ، ރާއްޖޭގެ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން 2020 ވަނަ އަހަރު ދުނިޔެގޭ ސިއްހަތު ޖަމްއިއްޔާއިން ކުރި ދިރާސާއެއްގައި، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތައަކީ ކެންސަރުގައި މަރުވާ މީހުން ކަމަށް ބުނެފައިވާކަމަށެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016ން 2019އަށް، 7500ށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވެއެވެ. މީގެތެރޭގައި ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށެވެ. އަދި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް