ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 17:08
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
ފޭސްބުކް
ނޯޓީ 40
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
ޓީޒާ ހޮނިހިރު ދުވަހު ރިލީޒްކުރީ

މިއަހަރުގައި ނެރޭ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓު ކުރަމުން އަންނަ "ނޯޓީ 40" ގެ ދެވަނަ ޓީޒާ ހޮނިހިރު ދުވަހު ރިލީޒްކޮށްފިއެވެ.

"ނޯޓީ 40"ގެ އޮފިޝަލް  ފޭސްބުކް ޕޭޖްގައި އާންމު ކުރި ޓީޒާގައި މިފަހަރު ފެނިގެންދަނީ ކުރީފަހަރުގެ ޓީޒާއާ މުޅިން ތަފާތު މަންޒަރުތަކެކެވެ. މިފަހަރުގެ ޓީޒާގައި ފެނިގެންދަނީ "ނޯޓީ 40"ގެ ކާސްޓުންގެ ފަރާތުން ދެރައާއި ހިތާމައިގެ މަންޒަރުތަކެވެ.

މި ރަސްމިއްޔާތުގައި "ނޯޓީ 40" ގެ އެސިސްޓެންޑް ޑައިރެކްޓަރ މުހައްމަދު މަނިކު ބުނީ މި ފިލްމުގެ ޝޫޓިންއަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި  ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"ރާއްޖޭގެ ރަށެއްގައި ހާއްސަކޮށް އަތޮޅުތެރޭގެ ރަށެއްގައި އަޅުގަނޑުމެން ޝޫޓް ކުރަމުން ދާއިރުގައި ރައްޔިތުންގެ އެހީތެރިކަމެއް ނުލިބިއްޖިއްޔާމުން އަޅުގަނޑުމެންނަށް ދަތިތަކާއި ކުރިމަތި ވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބޯޑު ޔަގީން ކަމެއް ލިބުނު މިލަންދޫގެ ރައްޔިތުން އަޅުގަނޑުމެންނަށް އެހީތެރިކަމެއް ދޭނެ ކަމަށް. އެހެން ކަމުން ފުރަތަމަ ދުވަހުން ފެށިގެން މިލަންދޫގެ ރައްޔިތުންގެ ފަރާތުން ކޮންމެ ކަމެއްގައިވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު. އެހެންވީމައި އަޅުގަނޑުމެންނަށް މިހާ ބޮޑު ޓާސްކަކާއެކީ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ފިލްމު ނިންމާލެވުނީ. އެހެންކަމުން މިލަންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޔޫއްޕެ ބުންޏެވެ.

މި ފިލްމުގައި ޔޫއްޕެ، ނިއުމާ، ސީޒަން. އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ 40" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. މީގެ އިތުރުން މަރިޔަމް އައްޒަ،އާފިތަމަތު އާޒިފާ(އަޒޫ) އިބްރާހިމް ޖިހާދު(ޖިމީ)އަލީ އާޒިމް(ދޮންއައްޔަ) ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބް، ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯން ހިމެނެއެވެ. އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ފެނިގެންދާނެއެވެ.

ނޯޓީ 40" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބައިވެރިޔާ" އަށް ފަހު، ބަތަލާ ނިއުމާ އާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް