މާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސޯލްޓް ރެސްޓޯރެންޓާއި ދިމާލުން މޫދާވީ ސަރަހައްދުގައެވެ. އެގޮތުން މިރޭ 21:30 އިން ފެށިގެން 3 މިނެޓުގެ ވަގުތަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމްއެންޑީއެފުން މީގެކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައި ހަވާ އަރުވައިދެއެވެ.