Advertisement
ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 09:45
މިނީ ބަސް
މިނީ ބަސް
އެމްޓީސީސީ
އެމްޓީސީސީގެ ބަސް ދަތުރު
"މާލެ ސަރަހައްދުގައި ހެނދުނު 8 އާއި 8:30 އާ ދެމެދު 25000 މީހުން ބަހުގެ ޚިދުމަތް ހޯދާ"
ރޯދަ ވީއްލާ ގަޑިއަށް ބަހުގެ ޚިދުމަތް މެދުކަނޑާލުމަށް ފަހު ދެން ޚިދުމަތް ފަށަނީ 9 ޖަހާއިރު
ޕީކް ގަޑީގައި ކޮންމެ ރޫޓަކަށް 4-6 ބަސް ބޭނުންކުރަމުންދޭ
ރޯދަ މަހު ގިނަ އާއްމުން ސްކޫލަށް ދިއުމަށް އާއްމުކޮށް ދަނީ 08:00 އާއި 08:30 އާއި ދެމެދު

ގްރޭޓަރ މާލޭ އޭރިއާ ނުވަތަ މާލޭ ސަރަހައްދުގައި ހެނދުނު 8 އާއި 8:30އާ ދެމެދު 25000 މީހުން ބަހުގެ ޚިދުމަތް ހޯދަމުންދާ ކަމަށް މޯލްޑިވްްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެއެވެ.

"ރާއްޖެ ޓީވީގެ" ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ އެމްޓީސީސީގެ ޓްރާންސްޕޯޓް މެނޭޖަރު ޒައިދު އަހުމަދު ވަނީ ރަމަޟާން މަހު މާލެ ސަރަހައްދުގެ މަހުގެ ޚިދުމަތުގެ ގަދިތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އާއްމު މަސް މަހުގައި ބަހުގެ ޚިދުމަތް އެންމެ ގިނައިން ހޯދާ ގަޑިތަކަކީ ނުވަތަ ޕީކް ގަޑިއަކީ ހެނދުނު 06:30 އިން 08:00 އާ ހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރޯދަ މަހު ހެނދުނު އޮފީހަށް ދާ ފަރާތްތަކުން އާއްމުކޮށް އެއް ގަޑިއެއްގައި އޮފީހަށް ދިއުމާއި، ސްކޫލަށް ދިއުމަށް އާއްމުކޮށް ދަނީ 08:00 އާއި 08:30 އާ ދެމެދު ކަމަށް ވުމުން އެގަޑީގައި ވަރަށް ގިނަ މީހުން ޚިދުމަތް ހޯދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕީކް ގަޑިތައް ނުވަތަ މީހުން ގިނަވާ ގަޑިތަކުގައި އާއްމުންނަށް ރަނގަޅަށް ޚިދުމަތް ދިނުމަށް އިތުރު ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށާއި އެކަމަށްޓަކައި އިތުރު މުވައްޒަފުން ވެސް ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ރޫޓަކަށް 4-6 ބަސް ބޭނުންކުރަމުންދާ ކަމަށް ޒައިދު ވިދާޅުވިއެެވެ. އަދި ޚިދުމަތްދޭ ގަނޑިތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް ޚިދުމަތްދެމުންދާ ރޫޓޫތަކަށް ބަދަލުތަކެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚިދުމަތަށް އައި ބަދަލުތަކުގެ ތަފްސީލް އާރްޓީއެލްގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ރޯދަ މަހު ދަތުރުތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ވެސް ޒައިދު އަލިއަޅުވާލެއްވިއެވެ. އެގޮތުން މަޖީދީ މަގުގައި ދުއްވާ އުޅަނދުތަކަށް ވަރަށް ބޮޑަށް ދަތިވާ ކަަމަށް ވިދާޅުވިއެވެ. އެ ގޮތުން މަގުގައި އުޅަނދުތައް ޕާކްކޮށްފައި ހުންނަ ގޮތުން ދަތިވާ ކަމަށް ޒައިދު ވިދާޅުވިއެވެ. ނަމަވެސް ވަރަށް މަދު ބަޔަކު ފިޔަވައި ގިނަ އާއްމުންގެ ފަރާތުން އެމްޓީސީސީ އަށް ވަރަށް ރަނގަޅަށް އެއްބާރުލުން ލިބެމުންދާ ކަަމަށް ޒައިދު ވިދާޅުވިއެވެ.

ރޯދަވީއްލާ ގަޑިއަށް ބަހުގެ ޚިދުމަތް މެދުކަނޑާލުމަށް ފަހު ދެން ޚިދުމަތް ފަށަނީ 9 ޖަހާއިރު ކަަމަށާއި އެ ޚިދުމަތް 12 އާއި ހަމައަށް ކުރިއަށްދާނެ ކަަމަށް ވެސް ޒައިދު ވިދާޅުވިއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް