ކ. މާލެ
|
4 ފެބްރުއަރީ 2023 | ހޮނިހިރު 12:31
މަރާލާފައިވާ ވެލާތައް
މަރާލާފައިވާ ވެލާތައް
ޓްވިޓަރ
ބ. ކެޔޮދޫގައި ވެލާ މެރި މައްސަލައެއް
ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
 
މިއީ ބ އަތޮޅުގައި މިފަދަކަމެއް ކުރަމުން ދަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރު
 
ވެލާތައް މަރާލި މައްސަލާގައި 12 ވަރަކަށް މީހުން އަތުލައިގަތް

ފަޅުރަށެއް ކަމަށްވާ ބ. ކެޔޮދޫގައި، ވެލާ ހިފައި އެ އެއްޗެހި މަރާލި ބަޔަކު އަތުލައިގެންފިއެވެ.

ވެލާތަކެއް ހިފައި މެރި ބަޔަކު އަތުލައިގަތީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ބ އަތޮޅު ބަޔޮސްފިއަރ ރިޒަރވްއާ ގުޅިގެންނެވެ. ވެލާތައް މަރާލި މައްސަލާގައި 12 ވަރަކަށް މީހުން އަތުލައިގެންފައިވެއެވެ. ބަޔޮސްފިއަރ ރިޒަރވް އޮފީހުން ހާމަކޮށްފައިވާގޮތުގައި ބ. ކެޔޮދޫއަށް ފުލުހުން ދިޔައިރު މަރާލާފައިވާ ވެލާތަކުގެ ތޮށިގަނޑުތައް ހުރީ ސަތަރިގަނޑެއްގެ މަތީގައި އަތުރާފައެވެ. އެތަނުގައި 6 ވެލާގެ ތޮށިގަނޑު އޮތްކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެ ވެލާތައް މަރާލުމަށްފަހު އޭގެ މަހާއި، ބަނޑުގައި ހުންނަ ސަރުބީ ހުރީ ފުޅިމަދު ފޮއްޓަކަށް އަޅާފައި ކަމަށާއި، ބައެއް ސަރުބީތައް ކައްކައިގެން ތެޔޮ ހާނާފައި ހުރި ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އެ ސަރަހައްދުގައި 6 ފޮށިގަޑަކަށް ވެލާ އަޅާފައި ހުރިކަމަށް އެ އޮފީހުން ބުންޏެވެ.

މިއީ ބ އަތޮޅުގައި މިފަދަކަމެއް ކުރަމުން ދަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ވެލާ ކަހަނބަކީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދު"އާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. މީގެ އިތުރުން 2016 ވަނައަހަރު ވެލާ ކަހަނބާއި އޭގެ ބިސްތައް ވަނީ ހިމާޔަތްކޮށްފައެވެ. އެހެންކަމުން ވެލާތައް މަރާލި މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
22%
13%
26%
9%
17%
ކޮމެންޓް
4 ފެބްރުއަރީ 2023 | ހޮނިހިރު 14:48
މީހަކު
މީހަކު މަރައިގެންވެސް ނުވާ ވަރަށް ޖޫރިމަނާ ކުރާނެ. ކިހާ ބޮޑު ކަމެއް.