ކ. މާލެ
|
4 ފެބްރުއަރީ 2023 | ހޮނިހިރު 07:57
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އަޙުމަދިއްޔާ އާއި ރެހެންދި ކުޅުނު މެޗުގެ ތެރެއިން
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އަޙުމަދިއްޔާ އާއި ރެހެންދި ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
އަޙުމަދިއްޔާ ބަލިކޮށް ސެމީ ފައިނަލްގެ ފަހު ޖާގަ ރެހެންދި ސްކޫލަށް
ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ރެހެންދިން އަޙުމަދިއްޔާ ބަލިކުރީ 2-0 އިން

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް ރެހެންދި ސްކޫލް އިން ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ރެހެންދިން އަޙުމަދިއްޔާ ބަލިކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެހެންދިން އެއް ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ރެހެންދިގެ ފުރަތަމަ ލަނޑު މުޙައްމަދު އައިމަން އަލީ ޖެހީ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ. ރެހެންދިގެ ފަހު ލަނޑު ޖެހީ ޝާއިން އިބްރާހިމް ރަމީޒް އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ކުޅުން ނިމުނުއިރު، ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތައް މިހާރު ވަނީ ޔަޤީންވެފަ އެވެ. ފުރަތަމަ ސެމީގައި ބައްދަލު ކުރަނީ ގުރައިދޫ އާއި ތާޖުއްދީން ސްކޫލް އެވެ. ދެ ވަނަ ސެމީގައި ބައްދަލު ކުރާނީ އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލް އެވެ. ސެމީ ފައިނަލްގެ މެޗުތައް ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އާއި ރޭގަނޑު އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

- ކޮމެންޓް