ކ. މާލެ
|
3 ފެބްރުއަރީ 2023 | ހުކުރު 19:31
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ރާއްޖެއެމްވީ
އިދިކޮޅު ހަރަކާތްތައް
އިިދިކޮޅު ލީޑަޝިޕުން އިޚުލާސްތެރިކަމާއި އެކު ރައީސް ޔާމީން ސަލާމަތްކުރަން މަސައްކަތް ނުކުރައްވާ: އިމްރާން
 
ޕީޕީއެމްގެ ލީޑަރޝިޕްގައި ރައީސް ޔާމީން ސަލާމަތްކުރަން އިޚުލާސްތެރިކަމާއި އެކު މަސައްކަތްކުރާ މީހުންނަށް ވުރެ ގިނައީ އެހެން މަގްސަދެއް ހާސިލްކުރުމަށް އުޅޭ މީހުން ކަމަށް އިމްރާން ވިދާޅުވި
 
ހުކުރު ދުވަހު ޕީޕީއެމް އިން ވަނީ ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ބުންވަރުގެ ނަމުގައި ހިނގާލުމެއް ބާއްވާފަ

އިިދިކޮޅު ލީޑަޝިޕުން އިޚުލާސްތެރިކަމާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމަތްކުރަން މަސައްކަތް ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އިމްރާން ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގައި ރައީސް ޔާމީން ސަލާމަތްކުރަން އިޚުލާސްތެރިކަމާއި އެކު މަސައްކަތްކުރާ މީހުންނަށް ވުރެ ގިނައީ އެހެން މަގްސަދެއް ހާސިލްކުރުމަށް އުޅޭ މީހުން ކަމަަށެވެ. އަދި އެކަން ހާމަވާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ ކަމަށް ވެސް އިމްރާން ވިދާޅުވެފައިވެއެވެ. އިމްރާން މިފަދައިން ވިދާޅުވީ ކޮން ސަބަބަކާއި ހުރެ ކަން ހާމަކުރައްވާފައެއް ނުވެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި ވާއިރު ހުކުރު ދުވަހު ޕީޕީއެމް އިން ވަނީ ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ބުންވަރުގެ ނަމުގައި ހިނގާލުމެއް ބާއްވާފައެވެ. ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފުކުރާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ. ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ޙުކުމް ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޕީޕީއެމް އިން ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ހަރަކާތްތަައް ހިންގާ އިރު އެ ޕާޓީ އިން ވަނީ ރައީސް ޔާމީން ނޫން އެހެން ރިޔާސީ ކެނޑިޑޭޓެއް 2023ގެ އިންތިޚާބަށް ނެރުމުގެ ވިސްނުން ނެތް ކަަމަށް ބުނެފައެވެ. އެހެންނަމަވެސް ރައީސް ޔާމީން މިހާރު ތަންފީޒްކުރައްވަމުންދާ ޖަލު ހުކުމްގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި