Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2023 | ހުކުރު 19:25
އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023
އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރިޔާސީ ޕްރައިމަރީ އަށް މެމްބަރުން ދިން އިޖާބަ ރަނގަޅު: އެމްޑީޕީ
ރިޔާސީ ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު
ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ އާއި އެކު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް މެމްބަރުން ދިން އިޖާބަ ރަނގަޅު ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވޯޓުލީ މީހުންގެ އިންސައްތަ އާއި ވޯޓުލާން ނުކުތް މީހުންގެ ނިސްބަތާއި ގުޅޭގޮތުން "ރާއްޖެ އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޗެއާރޕަރސަންގެ ނައިބު އަދި ޝަކުވާ ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ވޯޓުލީ މީހުންގެ އިންސައްތައާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ އިންތިޚާބަކީ ވަރަށް ވާދަވެރި ކެމްޕެއިން އަކަށް ފަހު ބޭއްވި ވާދަވެރިކަން ބޮޑު އިންތިޚާބެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ވަރަށް އެތެރޭގެ ވާދަވެރިކަން ބޮޑު އިންތިޚާބުތަކެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

މިފަހަރު ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި ވޯޓުލުމުގެ ފުުރުސަތު ލިބުނީ ހަމައެކަނި މާލެ އާއި ރަށްރަށުގައި ތިބި މީހުންނަށް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން 15 އިންސައްތަ އެއްހާ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އެފަދަ ފަރާތްތަކަކީ ރަށުގައި ނުވަތަ މާލޭގައި ފިޔަވައި އެހެން ތަންތަނުގައި އުޅެމުންދާ ފަރާތްތަކަށް ވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ އަދަދު ރަނގަޅު ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް