ކ. މާލެ
|
3 ފެބްރުއަރީ 2023 | ހުކުރު 19:04
ބުންވަރުގެ ނަމުގައި އިދިކޮޅުގެ ހިނގާލުމެއް
ބުންވަރުގެ ނަމުގައި އިދިކޮޅުގެ ހިނގާލުމެއް
ރާއްޖެއެމްވީ
އިދިކޮޅު ހަރަކާތްތައް
ބުންވަރުގެ ނަމުގައި އިދިކޮޅުގެ ހިނގާލުމެއް
 
އެ ހިނގާލުމަކީ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ބާއްވާފައިވާ ހިނގާލުމެއް

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ހިނގާލުމެއް ބާއްވައިފިއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރަށްވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "ހޯޕް ކޮންފަރެންސް"ގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ހިނގާލުމަކީ ފުލުހުންގެ ހުއްދަ އާއި އެކު މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

އެ ހިނގާލުން ފަށާފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެ ހިނގާލުމުގައި އިދިކޮޅުގެ ލީޑާޝިޕުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. އެ ހިނގާލުމަކީ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ބާއްވާފައިވާ ހިނގާލުމެކެވެ. އެ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުުހައްމަދު ޞާލިޙްގެ ސަރުކާރަށް ފާޑުކިޔާ އެމަނިކުފާނުގެ އިސްތިއުފާ އަށް ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ވ. އާރަށާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ އެއް ސާބިތުވުމުންނެވެ. އެގޮތުން ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން 1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވާފައިވާ ކަމާއި، އެމަނިކުފާނު އެ މުއާމަލާތުގެ ތެރެއިން ހޯއްދެވި ފައިސާ ލޯންޑާ ކުރިކަން ވަނީ ސާބިތުވެފައެވެ. އެމަނިކުފާނު ޖަލަށް ލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގައެވެ. ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
25%
0%
25%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު