ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 09:43
އަލަށް ކެނޑި ނެރަށް ދޯންޏެއް އަރާފައި
އަލަށް ކެނޑި ނެރަށް ދޯންޏެއް އަރާފައި
ރާއްޖެއެމްވީ
ދޯނި
އިންޑަސްޓްރިއަލް ވިލެޖްގެ ނެރަށް އެރި ދޯނި ފުންކޮށްފި
ދޯނި އަޑިއަށް ދިޔަ އިރު އޭގައި 7 މީހުން ތިބި

މާލޭ ދެކުނުފަރާތުގައި އަލަށް ކެނޑި ނެރަށް ހުކުރު ދުވަހުގެ ރޭ އެރި ދޯނި ފުންކޮށްފިއެވެ.

ނެރަށް އަރާފައި ވަނީ، "ސައުތު 5" ނަމަކަށް ކިޔާ 50 ފޫޓް ދިގުމިނުގެ ދޯންޏެކެވެ.

ދޯނީގެ ކޮޔޮޅު ބުނެފައި ވަނީ ދޯނި ފަރަށް އެރީ ހުކުރުދުވަހުގެރޭ 9.00 ހާއިރުކަމަށެވެ.

ދޯނި އަޑިއަށް ދިޔަ އިރު އޭގައި 7 މީހުން ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެ ދޯންޏަކީ މަހަށް ގޮސް އެނބުރި އައި ދޯންޏެކެވެ.

އެ ދޯނިން ދަތުރުކުރި މީހަކު ބުނި ގޮތުގައި، ދޯނި ނެރަށް އުރުނީ، އެ ސަރަހައްދަށް މޫދަށް އެރިއިޅުނު ބައެއްގެ ގައިން ނެއްޓުމަށް އުޅެނިކޮށެވެ.

މި ހަފުތާތެރޭގައި ވެސް އެ ނެރަށް ދެ ދޯންޏެއް އަރާފައިވެ އެވެ. ނަމަވެސް ރާޅާއިއެކު އެ ދޯނި ފުންވިއެވެ. މާލޭ ދެކުނު ފަރާތުގައި އަލަށް ހިއްކައިގެން ހެދި އިންޑަސްޓްރިއަލް ވިލެޖް ކައިރިން ކަނޑާފައިވާ ނެރަށް މީގެ ކުރިން ވެސް ދޯނިތައް އުރިފައި ވެފައެވެ. އަދި ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު ނެރު ހަދާފައި ވަނީ ރާޅު ބިންދާ ސަރަހައްދުގައި ކަމުން އެ ނެރުން ވަދެ ނިކުމެ އުޅުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. 

 

- ކޮމެންޓް