Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 22:37
އެމްވީ ގެލީނާއަށް މިނިސްޓަރ ނަހުލާ ޒިޔާރަތްކުރައްވައި ބައްލަވާލައްވަނީ
އެމްވީ ގެލީނާއަށް މިނިސްޓަރ ނަހުލާ ޒިޔާރަތްކުރައްވައި ބައްލަވާލައްވަނީ
ޓްރާންސްޕޯޓް މިނިސްޓްރީ
އެމްވީ ގެލީނާއަށް މިނިސްޓަރ ޒިޔާރަތްކުރުން
އެމްއެސްއެސްގެ އެމްވީ ގެލީނާއަށް މިނިސްޓަރ ނަހުލާ ޒިޔާރަތްކުރައްވައިފި
އެމްވީ ގެލީނާއަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާދޭތެރޭގައި މުދާ އުފުލުމަށް ބޭނުންކުރާ 680 ކޮންޓެއިނަރު ބޯޓެއް

ގައުމީ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ބޯޓު އެމްވީ ގެލީނާއަށް މިނިސްޓަރ އާއިޝަތު ނަހުލާ ވަޑައިންނަވައި ބޯޓުގެ އޮންބޯޑުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބައްލަވާލައްވައިފިއެވެ.

އެމްވީ ގެލީނާއަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާދޭތެރޭގައި މުދާ އުފުލުމަށް ބޭނުންކުރާ 680 ކޮންޓެއިނަރު ބޯޓެކެވެ. މިބޯޓަކީ އެމްއެސްއެސްގެ އަމިއްލަ ބޯޓެކެވެ. މި ބޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އަދި އިސްވެރިންނާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ އިސްވެރިންނާއި އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސައީދާއި އެމްއެސްއެސްގެ އިސްވެރިންނާާއި އެމްޕީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ މިފަދަ އަމިއްލަ ވަސީލަތްތައް ބޭނުންކުރުމާއި އަދި ޚިދުމަތްތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަމުގައި ދިވެހިޒުވާނުން ބިނާކޮށް ބައިވެރިކުރުމަށްޓަކައި މިނިސްޓްރީން ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި، މިދާއިރާއަށް ސްކޫލް ކުދިން ޝައުގުވެރި ކުރުވުމަށްޓަކައި މަދަރުސީ ދައުރުން ފެށިގެން ދަރިވަރުންނަށް މިފަދަ ކަންކަމާގުޅޭ މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.

Advertisement

Advertisement
- ކޮމެންޓް