ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 18:49
ގެއްލިގެން ހޯދަމުންދާ މަހުދީ
ގެއްލިގެން ހޯދަމުންދާ މަހުދީ
ފޭސްބުކް
ދިވެއްސަކު ގެއްލިގެން ހޯދުން
އިންޑިއާގެ ކޮޗިންއިން ދިވެއްސަކު ގެއްލިގެން ހޯދަނީ
 
ގެއްލިގެން ހޯދަމުންދަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުހައްމަދު މަހުދީ ނަމަކަށް ކިޔާ 35 އަހަރުގެ މީހެއް

އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުހައްމަދު މަހުދީ ނަމަކަށް ކިޔާ 35 އަހަރުގެ މީހެކެވެ. އޭނާ ގެއްލިފައިވަނީ މިއަދު ހެނދުނު އަމްރިތާ ހޮސްޕިޓަލް ސަރަހައްދުންކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ގެއްލުނު ފިރިހެން މީހާ ހޯދުމަށް އާއިލާއިން ވަނީ، އިންޑިއާގެ ފުލުހާއި އަދި ފޮރިން މިނިސްޓްރީގެ އެހީއަށްވެސް އެދިފައެވެ.

މަހުދީގެ އާއިލާއިން ވަނީ އޭނާގެ އެއްވެސް ޚަބަރެއް ވެއްޖެނަމަ، މުހައްމަދު މަހުދީގެ ދައްތަ އާމިނަތު އަރުޝީ (7971667)އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އަދި އެ ހިސާބުގައި އުޅޭ ފަރާތްތަކަށް އަންގައި އެހީވެދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
67%
33%
0%
0%
ކޮމެންޓް