Advertisement
ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 15:04
ނިޝާހް ޢަބްދުލްޣަފޫރަށް ރައީސް ޚާއްސަ އިނާމު ދެއްވަނީ
ނިޝާހް ޢަބްދުލްޣަފޫރަށް ރައީސް ޚާއްސަ އިނާމު ދެއްވަނީ
ރައީސް އޮފީސް
ނިޝާހު ވަކިވެދިޔުން
ނިޝާހް އަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް - ރައީސް
ނިޝާހް ނިޔާވީ އދ. އަތޮޅުގެ މާފުށިވަރުގައި ބޮއި އަޅަން ގޮސް އުޅުމުގެ ތެރޭގައި
އޭނާ އަކީ އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ދިމާވި ހާދިސާ އަކާއި ގުޅިގެން އޭނާގެ ފުރާނަ ސަލާމަތްކުރި ސްކައުޓެއް

އދ. މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއެ އަޅަން ގޮސް އުޅުމުގެ ތެރޭގައި ނިޔާވި ނިޝާހް ޢަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ އދ. އަތޮޅުގެ މާފުށިވަރުގައި ބޮއި އަޅަން ގޮސް އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވަގެން ހޮސްޕިޓަލަށް ގެންދިޔަކަން ފުލުހުންނަށް ރިޕޯޓްކުރީ ހޯމަ ދުވަހުގެ އިރުއޮއްސި 6:54 އެހާއިރު ކަމަށެވެ. އޭނާ އަށް މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Advertisement

ރައީސް ޞާލިހް ވިދާޅުވީ ވަކިވެގެންދިޔަ ނިޝާހް ޢަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް ކަމަށެވެ. ރައީސް ވަނީ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.

ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލްޣަފޫރަކީ ނޮވެމްބަރު 18، 2018 ގައި އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ދިމާވި ހާދިސާ އަކާއި ގުޅިގެން އޭނާގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ. އޭނާގެ އަގުވަޒަންކުރުމަށްޓަކައި 2019 ވަނަ އަހަރު އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް