ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 07:16
އައިސްޕްލާންޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުން
އައިސްޕްލާންޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުން
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
އައިސްޕްލާންޓް ގާއިމް ކުރުން
ދެ ރަށެއްގެ އައިސްޕްލާންޓުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި
މި ދެ އައިސްޕްލާންޓުގެ މަސައްކަތް ފެނަކައާ ހަވާލު ކުރީ 10 މިލިއަން ރުފިޔާއަށް

ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ގދ. ފިިޔޯރީ އާއި ގދ. މަޑަވެލީގެ އައިސްޕްލާންޓުގެ މަސައްކަތެވެ.

ހޯމަ ދުވަހު ފިޝަރީޒް މިނިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީނެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފިޔޯރީ އާއި މަޑަވެލީގައި ވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެވެ. މި ދެ އައިސް ޕްލާންޓް ނިންމުމަށް ފެނަކައަށް ދީފައިވަނީ 170 ދުވަހުގެ މުއްދަތަކެވެ.

ފިިޝަރީޒް މިނިސްޓްރީން މި ދެ އައިސްޕްލާންޓުގެ މަސައްކަތް ފެނަކައާ ހަވާލު ކުރީ 10 މިލިއަން ރުފިޔާއަށެވެ. އެއީ ކޮންމެ އައިސްޕްލާންޓެއް 4.89 މިލިއަން ރުފިޔާއަށެވެ.

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ރ. މަޑުއްވަރީ، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގައި 2 އައިސްޕްލާންޓް ހިމެނެއެވެ. މިއީ މުޅިންވެސް 25 ޓަނުގެ އައިސް ޕްލާންޓްތަކެވެ.

- ކޮމެންޓް